އިންޑިޔާގެ މުސްލިމުން އިޒްރާއިލުން ޣައްޒާގައި ހިންގާ ޤަތުލުޢާންމުނ ހުއްޓުމަށް ގޮވަައިލައި މުޒާހަރާ ކުރަނީ. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
14 Nov 2023 | 15:09
އިންޑިޔާގެ މުސްލިމް ވިޔަފާރިވެރިން އިޒްރާއިލާއި އެމެރިކާގެ މުދާ ވިއްކުން ހުއްޓާލައިފި

އިޒްރާއިލުން ޣައްޒާގައި ދެމުންދާ ހަމަލާތަކާއި ދެކޮޅުކަމާއި ޣައްޒާގެ މުސްލިމުންނާއި އެކު ތިބި ކަން ދައްކުވައިދިނުމަށް އިންޑިޔާގެ ބައެއް މުސްލިމުން ވިޔަފާރިވެރިން އިޒްރާއިލާއި އެމެރިކާގެ މުދާ ވިއްކުން ހުއްޓައިލައިފިއެވެ.

އިންޑިޔާގެ މުސްލިމް ކޮމިޔުނިޓީ އަކުން އަމިއްލަ އަށް އިސްނަގައިގެން ފެށި ބޮއިކޮޓް ކުރުމުގެ މި ހަރަކާތުގައި އިންޑިޔާގެ މުސްލިމް ވިޔަފާރިވެރިން އަންނަނީ ބައިވެރިވަމުންނެވެ.

އަލްޖަޒީރާ އާއި ވާހަކަ ދެއްކި އިންޑިޔާގެ ވިޔަފާރި ވެރިއަކު ބުނެފައިވަނީ ބޮއިކޮޓް ކުރުމުގެ ސަބަބުން އެމީހުންގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެ ކަމަށެވެ. އިޒްރާއިލާއި ކުރިމަތިލައި އެމީހުންނާއި ހަނގުރާމަ ކުރެވެން ނެތް ކަމަށާއި އެހެންކަމުން އެމީހުންގެ މުދާ ބޮއިކޮޓް ކޮށްގެން ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށެވެ.

ކޮކާކޯލާ އާއި ޕެޕްސީ ފަދަ ބުއިންތައް އެފަދަ ވިޔަފާރި ވެރިންގެ ފިހާރަތަކުގެ ހަރުތަކުން ނަގައި އެތަކެތި ވިއްކުން ވަނީ ހުއްޓައިލައިފައެވެ.

މިކަމާއި ބެހޭގޮތުން އަލްޖަޒީރާ އާއި ވަހަކަ ދެއްކި އިންޑިޔާގެ މުސްލިމް ކުއްޖަކު ބުނެފައިވަނީ ކުޑަކުދިން އެންމެ ލޯބިކުރާ އެންމެ މަޝްހޫރު ބްރޭންޑްތަކުން ހޯދާ ފައިސާ އަނިޔާވެރިވުމަށް ހޭދަކުރާކަމަށެވެ. އެތަކެތި ބޮއިކޮޓް ކުރީ އެހެންވެ ކަމަށް 9 އަހަރުގެ އަޝްހަރު ބުނެފައިވެއެވެ.

އިޒްރާއިލަށް ފަންޑުކުރާ ބްރޭންޑް ތަކުގެ ތަކެތި ވިއްކުން ހުއްޓާލުމުން އެފިހާރަތަކުން ވިޔަފާރި ކުރާ މީހުން އެހެން ބްރޭންޑްތަކުގެ ތަކެތި ގަތުމަށް އާދަވަމުންދާ ކަމަށް ވެސް އަލްޖަޒީރާއަށް މައުލޫމާތު ދިން އިންޑިޔާގެ ވިޔަފާރި ވެރިއަކު ވަނީ ބުނެފައެވެ.

ދުނިޔޭގެ މަޝްހޫރު ބިޔަ ބޮޑެތި ވިޔަފާރި ތަކުގެ ބާވަތްތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުން އަންނަ އަޑު މިހާރު ދަނީ ގަދަވަމުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.