ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަމުންދަނީ. ފޮޓޯ: މުޒާހަރާގެ ބައިވެރިއެއް
ހަބަރު
15 Nov 2023 | 14:14
އިޒްރާއިލްގެ ޕާސްޕޯޓް ބޭން ކުރުމަށް ގޮވައިލައި މަޖިލިސް ކުރިމަތީގައި މުޒާހަރާކުރަނީ

އިޒްރާއިލް ޕާސްޕޯޓް ބޭން ކުރުމަށް ގޮވަލައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މެންދުރުން ފެށިގެން ކުރަމުންދާ މިމުޒާހަރާގައި ބައިވެރިވި މީހުން ގޮވައިލައިފައިވަނީ އިޒްރާއިލްގެ ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމަށެެވެ. އެގޮތުން ކުއްލި މައްސަލައެއްގެެ ގޮތުގައި އިޒްރާއިލްގެ ޕާސްޕޯޓް ބޭން ކުރުން މަޖިލީހަށް ވައްދައި ޤަރާރު ފާސްކޮށްދިނުމަށް އެމީހުން ދަނީ ގޮވާލަމުންނެވެ 

މަޖިލިސް ކުރާ ގޭގެ ބޭރަށް އެއްވި އާންމު ރައްޔިތުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވައިފައެެވެ.

ރޭވެސް މާލޭ ރަސްފަންނު ސަރަހައްދުން ފެށިގެން ހެންވޭރު ހެދިގޮނޑު ދޮށާއި ހަމައަށް ވަނީ އިޒްރާއިލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ހުއްޓައިލުމަށް ގޮވައިލައި ހިނގާލުމެއް ބާއްވައިފައެވެ.

އިޒްރާއިލުން އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 11،200 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަން ފަަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން އެންމެ ފަހުން ނެރުނު އަދާހަމަތަކުން އެނގެއެވެ.

ނަމަވެސް މިހާރު ޝަހީދު ވަމުންދާ އަދި ޒަޚަމްވަމުންދާ މީހުންގެ ޢަދަދު ދެނެގަތުމަށް ދަތިވެފައިވާ ކަމަށްވެސް ފަަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން މިހާރުވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.