ރައީސް ޑރ މުއިއްޒުގެ ކެބިނެޓު ހުވާކުރުމާއި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Nov 2023 | 12:41
ރައީސް ގެ ވައުދު ފޮތަކީ ރައްޔިތުންނަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލު: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅުތަކާއި، ވެލެއްވި ވައުދުފުތުތައް އެކުލަވާލާ ފޮތެއް ޝާއިއުކުރެއްވުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެލެއްވި ވައުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެއް ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ޤާނޫނީ ހުވާ ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާ އެސްގައި ކޮރެއްވި ޕޯސްޓެއްގަ އެވެ. 

ޝިޔާމް ވިދާޅުވީ ރައީސް ޑރ މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ހިނދުން ފެށިގެން ދިވެހީންނަށް ހިތްހަމަޖެހުމުގެ އިހުސާސް ކުރެވެން ފަށައިފި ކަމަށެވެ. އަދި ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާއި މުޚާތަބުކުރައްވާ ދެއްވި އެންމެ ފުރަތަމަ ތަޤުރީރާއެކު އެމަނިކުފާނުގެ ހިތްޕުޅުގައި ޤައުމާއި ރައްޔިތުންނަށް އޮތް ލޯބި ހާމަކޮށްދެއްވާފައިވާ ކަމަށެވެ. 

ޝިޔާމް ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ކުރުމަށް ވަރަށް ގިނަ ކަންކަން ހުރިކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނު ރައްޔިތުންނަށް ވީ ވައުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަން އެ ވައުދުތައް ލިޔެ ފޮތެއްގެ ސިފައިގައި ނެރުމުން ހާމަވެގެންދާކަމަށް ޝިޔާމް ވިދާޅުވި އެވެ. 

" ރައީސް ޑރ. މުޢިއްޒުގެ އާސަރުކާރުން ކުރަންހުރި ކަންކަން ލައްކަ ބައިވަރެވެ. ރައީސްގެ ހުރިހާ ވަޢުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފައެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެކެވެ"

ފިޝަރީސް މިނިސްޓަރު ޝިޔާމް

އެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ޑރ މުއިއްޒު ކުރައްވާނީ ދެ ފުށްފެންނަ ހާމަކަން ބޮޑު ވެރިކަމެއްކަން މި ކަންކަމުން ހާމަވެގެންދާ ކަމަށެވެ. 

އެމަނިކުފާނަކީ ދިވެހީންގެ އެންމެ ބޮޑު އުންމީދު ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާދެއްވާ ތަފާތު ދައްކަވާދެއްވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ޝިޔާމު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ