މިއަދު ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
21 Nov 2023 | 14:44
ރޯދައިގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން އީސީން އެދިއްޖެ!

އަންނަ އަހަރު ބާއްވަން ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހުގައި އެދެފި އެވެ.

އީސީން މިފަދައިން އެދިފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. 

އެގޮތުން އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވަނީ، ގާނޫނުގައި ބުނާ ގޮތުން މިހާރު ކުރިއަށްދާ މަޖިލިސް ނިމުމުގެ 120 ދުވަސް ކުރިން ޖެހިގެން އަންނަ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކަންކަން ފަށަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ 28 މެއި، 2024 އަށެވެ. 

ހަބީބު ވިދާޅުވީ ގާނޫނަށް ރިޢާޔަތްކޮށް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅާނަމަ، އެ އިންތިޚާބު ބޭއްވޭނެ ތާރީޚަކީ މާޗު 19 ގައި ކަމަށެވެ. އެހެން ނަމަވެސް އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްކޮޅަށްވެފައި، ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުންކުރާތީ އޭގެ ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/މަޖިލިސް

އެގޮތުން އިންތިޚާބު ފަސް ކުރަން ބަލާއިރު، ދެން ޓެސްޓްތައް ނިންމައި އިންތިޚާބު ބޭއްވެން އަންނަނީ މާޗު 30 ގައި ކަމަށާ ނަމަވެސް އެއީ ރޯދަ މަހުގެ 20 ވަނަ ދުވަސް ކަން ހަބީބް ފާހަގަކުރެއްވިއެވެ. އެހެން ކަމުން، އެއީ ރޯދައިގެ ފަހު ދިހައަކަށް ވާއިރު، އެ ދުވަސްވަރު އިންތިޚާބު ބޭއްވުމަކީ ބޮޑެތި ގޮންޖެހުމްތަކާއި ކުރިމަތިވާނެ ކަމެއް ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި އެދުވަސްވަރު ކެންޕެއިން ކުރުމަށްވެސް ކެންޑިޑޭޓުންނަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ހައްލު ކުރުމަށް ހަބީބު ވަނީ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްްވާފައެވެ. އެގޮތުން ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލައިގެން ނުވަތަ، އިންތިޚާބުގެ މަސައްކަތް ފަށަން ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމަށް ހަބީބު ވަނީ ހުށަހަޅުއްވާފައެވެ. 

އީސީގެ ހުށަހެޅުމާއި ގުޅިގެން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަކި ގޮތެއް އަދި ނުނިންމައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ