އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް ރ. އުނގޫފާރުގައި ހުރި އިސްލާމީ މަރުކަޒު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އައިޔޫއެމް
ހަބަރު
28 Nov 2023 | 15:56
ފެނިގެން މިދަނީ ރައީސް ޑރ. މުޢިއްޒަކީ އިލްމުވެރިންނަށް ފުރުސަތު ދެއްވާ ބޭކަލެއްގެ ގޮތުގައި: ޑރ. ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަކީ އިލްމުވެރިންނަށް ފުރުސަތު ދެއްވާ ބޭކަލެއް ކަމަށް މި ސަރުކާރުގެ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އުނގޫފާރުގައި ހުންނަ އިސްލާމިކް ސެންޓަރު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވަނީ، އުނގޫފާރު އިސްލާމިކް ސެންޓަރަކީ ރާއްޖޭގެ މިހާތަނަށް އުފެއްދުނު އެންމެ ޢިލްމުވެރި އެއް ބޭކަލެއް ކަމަށްވާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބިނާކޮށްފައިވާ ތަނެއް ކަން ފާހަގަ ކުރައްވައި އެމަނިކުފާނުގެ ޒިކުރާ އައު ކުރައްވާފަ އެވެ. 

"މިއީ އެމަނިކުފާނު (ޑރ. އަފްރާޝީމް) ޝަހީދުވުމަށްފަހުގައި، އެމަނިކުފާނަށް ހައްގު ޚިދުމަތެއް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ގާއިމްވެގެންދާ ދުވަސް. މި ޔުނިވާސިޓީ އަކީ އެމަނިކުފާނުގެ ޢިލްމީގެ. މި ޔުނިވާސިޓީ އަކީ މިއީ، ޔުނިވާސިޓީ އަކަށް ވުމުގައި އެމަނިކުފާނުގެ ނުހަނު މަތިވެރި ގުރުބާނީއެއް، އެ މަސައްކަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް މަސައްކަތެއްގެ ގޮތުގައި މިއަދު ޖާމިޢާ އިސްލާމިއްޔާ ގާއިމްވެފައި މިވަނީ. ކުއްލިއްޔާ ޔުނިވަސިޓީއަކަށް ވީ މަރުހަލާގައި، ގާނޫނީ މަސައްކަތްތައް ކުރިއަށް ދިޔައިރުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އެންމެ ވަރުގަދަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅަކީ ޑރ. އަފްރާޝީމް. އެހެންކަމުން، އެމަނިކުފާނުގެ ހަނދާނުގައި ގާއިމްވެފައިވާ އިސްލާމީ މަރުކަޒުގައި، އެމަނިކުފާނުގެ މަސައްކަތުން ގާއިމްވި އިސްލާމި ޔުނިވާސިޓީގެ ކޯސްތައް ފެށިގެން މުޅި ރ އަތޮޅުގެ ރަށްތަކަށް ޢިލްމު ފެތުރިގެން ދިޔުމަކީ އެމާނިކުފާނަށްޓަކައި ކިހާ މަތިވެރި ޚިދުމަތަކަށް ވާނެ"

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު

މިއާއެކު ޝަހީމް ވަނީ، އުނގޫފާރު އިސްލާމިކް ސެންޓަރު އިސްލާމީ ޔުނިވަރސިޓީގެ ކެންޕަހަކަށް ހައްދަވައި، ޑރ. އަފްރާޝީމް އަށް ހައްގު ޝަރަފު ދެއްވުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. 

ޝަހީމް ވިދާޅުވީ، އެކަން ކަމުންވެސް އެނގިގެންދަނީ ރައީސް ޑރ. މުޢިއްޒަކީ ޢިލްމުވެރިންނަށް ޤަދަރުކުރު އުފުއްލަވައި، ޢިލްމުވެރިންނަށް ޙައްގު ޝަރަފާއި އިހްތިރާމް ދެއްވާ ރައީސް އެއް ކަމަށެވެ. 

"މިއަދު އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް. އެމަނިކުފާނަކީ އިލްމުވެރިންގެ ހަގީގީ ގަދަރު އުފުއްލަވާ، ޢިލްމުވެރިންނަށް ހައްގު ޝަރަފާއި މަތިވެރިކަން، އިޙްތިރާމް, ފުރުސަތު، ދެއްވާ ރައީސެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެހެންކަމުން އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒު ގެ ނަމުގައި ޑރ މުހައްމަދު މުޢިއްޒަށް އަޅުގަނޑުގެ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފް ރައްދު ކުރަން" 

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު

ޝަހީމް އިތުރަށް ވިދާޅުވީ، އިސްލާމީ ޔުނިވަސިޓީގެ މަސައްކަތްތަކަކީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯ ގައި ލިޔެވި ޚާއްސަ އިސްކަމެއް ދެވިފައިވާ ކަމެއް ކަމަށެވެ. އަދި މިހާރު ފެށިގެން މިދަނީ އެކަމުގެ މުގައްދިމާ އެކަނި ކަމަށާއި، އަސްލު މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ