ކޮޕް ސަމިޓުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ކޮޕް 28
ހަބަރު
01 Dec 2023 | 15:36
މޫސުމީ ގެއްލުމަށް ބަދުލޭން ނިންމުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދޭން ނިންމުމުން ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

ދުބާއީގައި ކުރިއަށް ދާ ކޮޕް-28 ސަމިޓު މިފަދައިން ނިންމެވިކަމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމް ވަނީ އެއީ ވަރަށް މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވާ މަރުހަބާ ދަންނަވާފަ އެވެ. 

އެގޮތުން އެ ނިންމުމާއި ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ ލޮސް އެންޑް ޑެމޭޖް ފަންޑް ގާއިމްކުރުމަކީ ސަމިޓު ފެށުމަށްޓަކައި ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މީ ރަނގަޅު މިސްރާބަކަށް ގެންދިއުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ކޮޕް-28 ގެ ނިންމުމާއި ގުޅޭގޮތުން މިނިސްޓަރު ޠާރިގު ވިދާޅުވީ މި ފަންޑަކީ ރާއްޖެ ފަދަ ބިން ތިރި، ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު ފަންޑަކަށް ވާނެ ކަމަށެވެ. 

އޭގެއިތުރުން ސަމިޓުން މިފަދަ މުހިންމު ނިންމުމެއް ނިންމުމުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުމަށް ފަންޑެއް ގާއިމް ކުރުމަކީ މިދިޔަ އަހަރު ބޭއްވި ކޮޕް-27 ސަމިޓުގައި ނިންމި ނިންމުމެކެވެ.

މި ފަންޑުން އެހީ ފޯރުކޮށް ދެމުން ދާނީ ދުނިޔޭގެ އެންމެ ފަގީރު އަދި އެންމެ ނާޒުކު ގައުމުތަކަށް މޫސުމަށް އަންނަ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށެވެ.

ފަންޑަށް ސަމިޓު ބާއްވާ ގައުމު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އަދި ޖަރުމަނުން 100 މިލިއަން ޑޮލަރުގެ އިތުރުން ޔޫކޭއިން 60 މިލިއަން ޕައުންޑް، ޔޫއެސްއިން 17.5 މިލިއަން ޑޮލަރު އަދި ޖަޕާނުން 10 މިލިއަން ޑޮލަރު ދޭނެކަން ހާމަ ކުރި އެވެ.

ސަމިޓުގައި ބައިވެރިވާ ބޮޑެތި ގައުމުތަކުން އިއުލާން ކުރި އަދަދުތަކާއެކު ފަންޑުގެ ޖުމްލަ އަދަދު މިހާރު 429 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ