އެންޒޯ ފެނާންޑޭޒް ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
04 Dec 2023 | 08:48
އެންޒޯ ފެނާންޑޭޒްގެ ދެލަނޑާއެކު ބްރައިޓަން އަތުން މޮޅުވެ، ޗެލްސީ 10 ވަނައަށް

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެ, ޗެލްސީ އިން ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ އިގިރޭސި ޑިފެންޑަރު ލިވާއި ކޯލްވިލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ފަކުންޑޯ ބުއޯނަނޯޓް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ޗެލްސީ އިން ވަނީ ބްރައިޓަންގެ އެޓޭކުތައް ހުއްޓުވުމުގައި ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެވެ. އަދި ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މިމެޗުގައި ބްރައިޓަން އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯއެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 14 މެޗުން ޗެލްސީއަށް 19 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު 14 މެޗުން ހޯދި 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.