އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު މަޖިލީހުގައި މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ--ފޮޓޯ/މަޖިލިސް
ހަބަރު
12 Dec 2023 | 11:09
އިހަވަންދިއްޕޮޅުގައި އަޅާ ޕޯޓް އެހެން ތަނަކަށް ބަދަލެއް ނުކުރަން؛ އެކަން ކުރިއަށް ދާނެ: ސަޢީދު

ކުރީ ސަރުކާރުން އިހަވަންދިއްޕޮޅުގައި އަޅަން ނިންމާފައިވާ ޕޯޓެއް، އެހެން ސަރަހައްދަކަށް ބަދަލުކޮށްފައި ނުވާނެ ކަމަށާ، އެ މަސައްކަތް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ދެއްވައިފި އެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިކޮނަމިކް މިނިސްޓަރު ސަޢީދާއި ސުވާލު ކުރެއްވުމަށް އެބޭފުޅާ ވަނީ މަޖިލީހަށް ހާޒިރު ކުރައްވާފަ އެވެ. 

ސަޢީދާއި ސުވާލު ކުރައްވަން އެދިލެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. 

އެގޮތުން ސަލީމަށް ފުރުސަތު ދެއްވުމުން އޭނާ ވަނީ، އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެސަރަހައްދުން ދަތުރުކުރާ އާގުބޯޓް ފަހަރަށް ބޭނުންވާ ޚިދުމަތްތައް ގާއިމް ކުރުމަށް ނިމިދިޔަ ސަރުކާރުން ނިންމައި، އެ ސަރަހައްދުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ޚިދުމަތް ފެށުމަށް ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާއެކު ސޮއި ކުރެވިފައިވާ ކަން ފާހަގަކުރައްވައި، އެ މަސައްކަތް ކުރިއަށް ގެންދާނެތޯ ސުވާލު ކުރައްވާފައެވެ. 

ސަލީމްގެ ސުވާލާއި ގުޅިގެން ސަޢީދު ވަނީ އެކަން ކުރިއަށް ގެންދާނެ ކަމަށާ އެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ތަކަށް ބަންކަރިންގެ ޚިދުމަތާއި ދެންވެސް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން މެންބަރަށް އަރުއްވާފައެވެ. 

ސައީދުގެ ޖަވާބާއި ގުޅިގެން ސުވާލު ކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ އިހަންދިއްޕޮޅިގައި އަޅަން އޮތް ޕޯޓް ލ.ގާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާ، ގާދޫގައި ޕޯޓް އަޅަން ސަރުކާރުން ނިންމީ ކޮން ގޮތަކަށް ބައްލަވައިފައިތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ސަޢީދު ވަނީ އިހަވަންދިއްޕޮޅުގައި އަޅަން ކުރީ ސަރުކާރުން ނިންމި އެއްވެސް ޕޯޓެއްގެ މަސައްކަތް ލާމު އަތޮޅަށް ބަދަލު ނުކުރާ ކަމަށާ، އަދި ސަރުކާރުގެ ވައުދަކީ އިހަވަންދިއްޕޮޅާއި އެކު ލާމު އަތޮޅުގައިވެސް ޕޯޓް ގާއިމް ކުރުން ކަމަށް ސައީދު ވިދާޅުވި އެވެ. 

އިހަވަންދިއްޕޮޅުގައި އަޅަން ސަރުކާރުން ނިންމާފައި އޮތް ޕޯޓެއް ސަރުކާރުން ލާމު އަތޮޅަކަށް ބަދަލެއް ނުކުރޭ އިނގޭތޯ؟ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދަކީ އިހަވަންދިއްޕޮޅުގައި ވެސް ޕޯޓެއް ގާއިމް ކުރުން، އަދި އެތާނގައި ކުރެވޭނެ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމާއި އެކުގައި ލާމު އަތޮޅުގައިވެސް ބަނދަރެއް ގާއިމް ކުރުން. އެއީ ދެ ޗެނަލް އަކަށް ވާތީ އެވާހަކަ އައިސްގެން އެ އުޅެނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ބޮޑު އޮޅުމެއް އިއްޒަތްތެރި މެންބަރު އަރައިގެން ތި އުޅުއްވީ. އިހަވަންދިއްޕޮޅުގައި ގާއިމް ކުރަން އޮތް އެއްވެސް މަޝްރޫއެއް ލާމު އަތޮޅަކަށް ބަދަލެއް ނުކުރޭ. 

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު 

މީގެ އިތުރުން ސަޢީދު ވިދާޅުވީ، ލ.ގާދޫގައި ޕޯޓް އަޅާނީ އެކަމާއި ގުޅިގެން ހަދަންޖެހޭ ހުރިހާ އެނަލިސިސް އެއް ހެދުމަށްފަހުގައި، ތިވާމެއްޓަށް އެއިން އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރު ކުރައްވާފައި ކަމަށްވެސް ސަޢީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.