އިގްތިސާދީ ވަޒީރު މިއަދުގެ ޖަލްސާގައި: ފޮޓޯ: މަޖިލިސް
ހަބަރު
12 Dec 2023 | 15:08
އައިހެވަން މަޝްރޫޢު އަލުން ފަށާނަން: މިނިސްޓަރ ސައީދު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ އިހަވަންދިއްޕޮޅު އައިހެވަން މަޝްރޫޢު  މިސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް އިޤްތިޞާދާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، އިޤްތިޞާދީ ވަޒީރުކަމުގައި ކުރިން ހިންގެވުމަށް ނިންމެވި އައިހެވަން މަޝްރޫޢު ކުރިއަށް ގެންދަވާނެތޯ ވިދާޅުވެ ވަޒީރާއި ކުރެއްވި ސުވާލަށް ޖަވަބު ދެއްވަމުންނެވެ. 

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އައިހެވަން މަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އެސަރަހައްދުން ބަންކަރިންއާއި ހުރިހާ ޚިދުމަތެއް ދިނުމަށް ސަރުކާރު މިއޮތީ ތައްޔާރަށް. ރާއްޖޭގެ އެހެން ބަނދަރަކުންވެސް އެހެން ދިމާލަކުންވެސް ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތަކުން ރާއްޖޭގެ އިޤްތިޞާދަށް އެކަމުން ފައިދާވާކަމަށްވަންޔާ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ކުރިއަށް ގެންދާނަން. ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ޢަޒުމެއް އަޅުގަނޑުމެންގެ އެބައޮތް. އިހަވަންދިއްޕޮޅު އިރާދަކުރެއްވިއްޔާ ފަށްޓާނަން

މުޙައްމަދު ސަޢީދު

މީގެ އިތުރުން އިހަވަންދިއްޕޮޅުގައި އައިހެވަން މަޝްރޫޢު ކުރިއަށް ގެންދިއުމަށް މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، 2014 ގައި ބްރޭންޑްކޮށް މަސައްކަތް ފެށި މި މަޝްރޫޢު، ބަންކަރިންއާއި ކޮމާޝަލް މަޝްރޫއުތައް ހިމެނޭހެން ވަރަށް ފުޅާކޮށް އެ މަޝްރޫޢު އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންތަކުގެ މައި މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ކުރިއަށްގެންދަން ނިންމާފައިވާ އިހަވަންދިއްޕޮޅު އައިހެވަން މަޝްރޫޢަކީ، ޕީޕީއެމްގެ ކުރީގެ ސަރުކާރުގައިވެސް އިޤްތިޞާދީ ތަޞައްވުރުގައި ހިމެނުއްވި އެންމެބޮޑު އެއް މަޝްރޫޢެވެ. އެސަރުކާރު ނިމުނުއިރު އޭރުގެ މާސްޓަރ ޕްލޭން އޮތީ ނިމިފައެވެ. އޭރުވެސް މި މަޝްރޫޢު ހިންގުމުގެ އެންމެ އިސްކޮށް މަސައްކަތްކުރެއްވީ މިހާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.