ދިވެހިރާއްޖޭގައި ހުރި އެމެރިކަން ސެންޓަރާއި އެމެރިކަން އެމްބަސީ، ރާއްޖެއިން ބޭރުކުރަން ގޮވާލައި ދިވެހިން ތަކެއް އިހްތިޖާޖު ކުރަނީ--
ހަބަރު
15 Dec 2023 | 17:00
ތުއްތު ކުދިން ކަތިލާ އެމެރިކާގެ ސެންޓަރާއި، އެމްބަސީ ދިވެހި ފަސްގަނޑުން ބޭރުކުރަން ގޮވާލައިފި!

ދިވެހިރާއްޖޭގައި ހުރި އެމެރިކަން ސެންޓަރާއި އެމެރިކަން އެމްބަސީ، ރާއްޖެއިން ބޭރުކުރަން ގޮވާލައި ދިވެހިން ތަކެއް އިހްތިޖާޖު ކޮށްފިއެވެ.

މި ހިމޭން އިހްތިޖާޖު މިއަދު ކޮށްފައި ވަނީ، ޔަހޫދީން ފަލަސްތީނާއި ދެކޮޅަށް ހުއްޓުމެއްނެތި ހިންގަމުންދާ ގަތުލު ޢާއްމު ތަކުގައި ޝަހީދުވަމުންދާ އަދި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނާއެކު ދިވެހިން ވާއްކަން އެންގުމަށް ބޭއްވުނު އެއްވުމުގެ ތެރެއިންނެވެ. 

"15.12" ނަމުގައި މިއަދު ހުކުރަށްފަހު، މިއަދު މަޖީދީ މަގުގައި އެއްވުމެއް ބާއްވާފައި ވާއިރު، އެއްވުމަށްފަހު ވަނީ މާލޭގައި ހުރި އެމެރިކަން ސެންޓަރު ކުރިމަތީގައި ބެނާ ދަމައި، އެ ސެންޓަރާއި އެމެރިކާގެ އެންބަސީ ބޭރުކުރަން ހިމޭން އިހްތިޖާޖެއް ކުރިއަށް ގެންގޮސްފަ އެވެ. 

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާއްމަށް ދެމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަން ހުއްޓާ ލުމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. 

ނިރުބަވެރި ޔަހޫދީންގެ އެ ހަމަލާތަކުގައި 18 ހާހަށްވުރެ ގިނަ މުސްލިމުން މިހާތަނަށްވަނީ ޝަހީވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށްވާއިރު، އިސްރާއީލުގެ އެ ޢުދުވާނަށް ހިތްވަރުދީ, ތުއްތު ކުދިން ގަތުލު ކުރުމަށް ހަނގުރާމައިގެ ހަތިޔާރުތައް ފޯރުކޮށްދޭ އެއް ގައުމަކީ އެމެރިކާއެވެ. އަދި އެކަމަށް އެންމެ ބޮޑަށް ހިތްވަރުދޭ އެއް ގައުމަކީ ވެސް އެމެރިކާއެވެ. 

ހަތިޔާރު ފޯރު ކޮށްދީ ހިތްވަރު ދިނުމުގެ އިތުރުން އދ ގައިވެސް އެމެރިކާއިން އަންނަނީ ޔަހޫދީންގެ ގަތުލު އާއްމު ހުއްޓާލުމަށް ގޮވާލާ ހުށަހެޅޭ ގަރާރުތައް ވީޓޯ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.