ރޭ އޮތް ކެންޕެއިން ޖަލްސާގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
17 Dec 2023 | 10:28
"މިހާރު މަޖިލީހުން ކުރަމުންދާ ކަންކަމަށް ވިސްނާލި ނަމަވެސް އަންނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ"

އެމްޑީޕީ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުންދާ ކަންކަމުން އެކަނިވެސް ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަން އެނގޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ރޭ ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ ސްކޫލުގައި ބޭއްވުނު ކެންޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޢާޒިމާ ވިދާޅުވީ، އަދުގެ ސަރުކާރަކީ ބުރަ މަސައްކަތް ގެނެވުނު ވެރިކަމެއް ކަމަށާ، އެހެންކަމުން އެ ވެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން ކަމަށާ، އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ޢާޒިމާ ވިދާޅުވީ، ވެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން ކަމަށެވެ. އަދި މިހާރު އިދިކޮޅު އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ކުރަމުން އަންނަ ކަންކަމުން އެކަނިވެސް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަން އެނގިގެދާ ކަން ޢާޒިމާ ފާހަގަކުރެއްވި އެވެ. 

ބުރަމަސައްކަތުން ގެނައި ސަރުކާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އެޅޭ އެއްބަޔަކީ ރައްޔިތުންގެ މަޖިލީސް. މިހާރު މަޖިލީހުން ކުރަމުން އެގެންދާ ކަންކަމަށް އެކަނި ވިސްނާލި ނަމަވެސް އަންނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ. 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

މިއާއެކު ޢާޒިމާ ވަނީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޢާއްމު ކޮމިޓީން، ރައީސުލްޖުމުހޫރިއްޔާ އަޒުލު ކުރުން ހަމައެކަނި އެމްޑީޕީ މެންބަރުންނަށްވެސް ކުރެވޭ ގޮތަށް ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް މިޖިލީހުގެ ތެރެއިން މިހާރު ކުރަމުންގެދާ މަސައްކަތަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާ ޚިލާފަށް ކުރަމުންގެންދާ ކަމެއް ކަމަށެވެ. އަދި އެކަން ކުރަމުން އެގެންދަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި ސިޔާސީ މަސްރަހު ހޫނުކުރުމަށްޓަކައި ކަމަށްވެސް ޢާޒިމާ ވިދާޅުވި އެވެ.

"ގައުމު ބަނގުރޫޓު ވަމުން ދިޔައިރުވެސް އަނގައި ނުބުނެ ތިބެފައި އަލަށް ހޮވުނު ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވިތާ އެއްމަސް ނުވަނީސް އަޒުލު ކުރުމުގެ މަސައްކަތަކީ ދުސްތޫރީ ނިޒާމް ދަންނަ ވެސް ކަމެއް ނޫން."

ޢާއިޝަތު ޢާޒިމާ ޝަކޫރު 

ޢާޒިމާ އިތުރަށް ވިދާޅުވީ ސިޓީކައުންސިލްގެ މޭޔަރު ކަމާއި މަޖިލީހުގެ މެޖޯރިޓީ އަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.