މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
17 Dec 2023 | 17:03
ރަމަޟާންމަހު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފި!

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން މިއަދު ނިންމެވި ނިންމުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ، ރައީސް މުޢިއްޒުގެ އެ ނިންމެވުމަކީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. 

ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން، މިއަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު، ބ. އޭދަފުށީގައި ބޭއްވުނު ކެންޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނެ ކަމަކީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ކަމަށާ، އަދި ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތުތައް ފޯރުކޮށްދެއްވުން ކަމަށް ވިދާޅުވެފައެވެ.

އަދި އެ ސިޔާސަތުގެ ދަށުން، ސަރުކާރު މުވައްޒަފުންނަށް އަޅުކަންތައްތަކަށް ވަގުތު ދިނުމަށް ފުރުސަތު ދޭން ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ  ގޮތުގައި ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ހަމައެއާ އެކު ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ގްރޭޑް އަށަކުން ތިރީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"އަށެއް، ނުވައެއް، ދިހައެއް، އެގާރަ، ބާރައިގެ ކުދިން އެ ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ. އެކަމަކު އަށަކުން ދަށުގެ ހުރިހާ ދަށުގެ ހުރިހާ ކުދިންނަށް ބަންދުވާނެ،" މުޢިއްޒު ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.