ބަންޑާރަ ނާއިބް އަހްމަދު އުޝާމް: ފޮޓޯ؛ ރައީސް އޮފީސް
ހަބަރު
18 Dec 2023 | 15:56
ސިޔާސީ ސަބަބުތަކަށް މަޖިލީހުގެ އުސޫލުތައް ބަދަލުކުރުމަކީ ދެރަކަމެއް: ބަންޑާރަ ނައިބް

ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަކީ ވަރަށް ދެރަކަމެއް ކަމުގައި ބަންޑާރަ ނާއިބް އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

ބަންޑާރަ ނާއިބް އަހްމަދު އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު އަމަލުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް ވަކިވަކިން ރުހުން ހޯދުމަށް އެހުމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ރިޕޯޓް ފޮނުވާފައި ވާއިރު، މިއަދު އޮތީ ކެބިނެޓަށް ރުހުންދޭން އެޖެންޑާ ކޮށްފައެވެ. 

އެޖެންޑާ އިއުލާން ކުރުމާއި އެކު، ރައްޔިތުގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއް ނަންގަވައި އެ ރިޕޯޓުގައި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައި ނެތުމުގެ ސަބަބުން އެ ރިޕޯޓު ފުރިހަމަނުވާކަމަށް ވަނީ ވިދާޅުވެފައެވެ. 

އެޔާއެކު އެ ނިޒާމީ ނުކުތާ ބަލައިގަންނަވައި، އެ ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުއްވަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމެވިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ބަންޑާރަ ނާއިބް އަހްމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.

އަދި މީގެ އިތުރުން މީގެ ކުރިން ރައްޔިތުންގެ މަޖިލިހުގައި މިކަމުގައި އަމަލުކުރަމުން އައީވެސް އެއީ މުޅިން ތަފާތު ދެ ކަމެއްގެ ގޮތުގައި ބަލައިގެންކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުވެސް ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދަން ފޮނުވީ އެ އަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ކަމަށާއި ޑިސެންބަރު 4 ވަނަ ދުވަހު ރުހުން ދިން ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. 

އަދި އެފަހަރު ވުޒާރާތަކުގެ މޭންޑޭޓު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވަޒީރުންނަށް މަޖިލީހުން ރުހުންދިން ފަހުން އެ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގައިކަމަށް އުޝާމު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.