ހއ އިހަވަންދޫ؛ އިހަވަންދޫ ކައުންސިލް
ހަބަރު
18 Dec 2023 | 19:52
ރައީސް ވަކިކުރުމުގެ ގަރާރާއި އިހަވަންދޫ ކައުންސިލް ދެކޮޅު

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ހުށަހަޅައި ފާސްކުރެވުނު އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. 

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި މުހައްމަދު ޝިފާއު ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާ، އިހަވަންދޫގެ ކައުންސިލްގެ 5 މެންބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި އޮންނަ އިޖުރާޢަތު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ދިމިގްރާތީ ނިޒާމާއި ދެކޮޅަށް ކުރިއަށް ގެންދާ ވަރަށް ނާތަހުޒީބު ހުތުރު ކަމެއްކަމަށެވެ. 

އަދި މިހާލަތުގައި އެފަދަ އުސޫލުތައް ބަދަލުކުރަން އުޅުމަކީ މަޖިލީހުގެ މެންބަރުންގެ ނިޔަތާއި އިޚްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ސިފަކޮށްފައިވެއެވެ. އަދި އެ ކައުންސިލްގެ ބަޔާނުގައި ވަނީ، އެ އަމަލަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުމާއި ދެކޮޅަށް ގޮންޖަހައި ކުރައްވާފައިވާ ކަމެއް ކަމުގައެވެ.

އިހަވަންދޫ ކައުންސިލްގެ ބަޔާން 

މީގެ އިތުރުން މި ބަޔާނުގައި ވަނީ މިފަދަ އަމަލުތައް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިސްތިމާސްކޮށްފައެވެ. 

މިއީ، ގައުމުގެ މަސްލަހަތު ނަގާލައި ގައުމު ހަލަބޮލިކޮށް ގައުމުގެ މިނިވަންކަމާއި އަމަން އަމާންކަމަށް އެއިގެ ނުބައި އަސަރުކޮށް، ކަޅު ހިޔަނިއެޅި، ލޭ އޮހޮރުވުމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަކަށްވެފައި އަދި ގައުމުގެ މިނިވަންކަން ގެއްލިގެން ދިއުމަކީވެސް އެކަށީގެންވަ ކަމެއްކަމަށްވެސް ފެންނާތީ، މިފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތައްކަށް ވެސް އިލްތިމާސް ކުރަމެވެ. 

އިހަވަންދޫ ކައުންސިލްގެ ބަޔާން 

މީގެ އިތުރުން މި ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ރައްޔިތުގެ ވިންދާއި ޝުއޫރާއި ދެކޮޅަށް އިސްވެ ނުކުންނަވާ ކުރައްވަމުން ގެންދަވާ އަމަލުތައް ހުއްޓަވާލެއްވުމަށް ވެސް ހަރުއަޑުން ގޮވާލާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.