މިނިސްޓަރު ޢަލީ އިހްސާން-- ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
20 Dec 2023 | 15:21
އިންޑިއާ އާއި ނޭޕާލުން މަސައްކަތްތެރިން ގެންނަން ހުއްދަ ދީފި!

އިންޑިއާ އާއި ނޭޕާލުން މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުން އެހެން ގައުމުތަކުން އަން ސްކިލްޑް ލޭބަރުން ގެނައުން ވަގުތީ ގޮތުން މަޑުޖައްސާލައި ހަމައެކަނި ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ހުޅުވާލި ނަމަވެސް މިހާރު އިތުރު ކަންކަން ބެލުމަށް ފަހުގައި މިހާރު އިންޑިއާ އާއި ނޭޕާލްއިން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ދެ ގައުމުން މަސައްކަތްތެރިން ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި މިއަދުން ފެށިގެން އަޅުގަނޑުމެން ވާނީ އިންޑިއާ އާއި، ނޭޕާލްގެ ބޯޑަރުވެސް ރާއްޖެއަށް ހުޅުވާލާފައި. މާނަ އަކީ އިންޑިއާ އިން އަދި ނޭޕާލުން މިއަދުން ފެށިގެން އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތް ވަނީ ހަދާފައި. 

ވަޒީރު ޢަލީ އިހްސާން

އިހްސާން ވިދާޅުވީ، މިހާރު ހަދަމުންދާ އެސެސްމަންޓް ތައް ނިމުމުން ބާކީ ހުރި ގައުމުތަކަށްވެސް, އާއްމު ހާލަތާއި އެއްގޮތަށް ލޭބަރުން ގެނައުން ހުޅުވާލާނެކަމަށެވެ. 

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ މި ސަރުކާރުން ހުޅުވާލުމާ އެކުގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން އެއީ ގާނޫނާއި ހިލާފަށްކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާނުނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާ ކަމަށްބުނެ ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.

އެހެން ނަމަވެސް، ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ، އަންސްކިލްޑް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމައި އެހެން ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނައުން މަޑުޖައްސާލުމަށް އާދިއްތަ ދުވަހު ދުވަހު ހޯމް މިނިސްޓްރީން ވަނީ ޢިއުލާން ކޮށްފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް އަދި މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.