ރައީސް މުޢިއްޒު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީމް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
25 Dec 2023 | 12:34
މާރިޗު މަހުން ފެށިގެން އެއާ އެމްބިއުލާންސް ބޭނުން ކުރަން ފަށަނީ!

އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމް ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި މުހިންމު 9 ނިންމެވުމަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.

އެގޮތުން، ނިންމެވި އެއް މުހިންމު ނިންމެވުމަކީ ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރަން ނިންމެވިކަން ނާޒިމް ފާހަގަކުރެއްވި އެވެ. 

އެ ޚިދުމަތް ތައާރަފުކުރަން ގައުމީ އެއާލައިނާ ގުޅިގެން ދެ މަތިންދާ ބޯޓެއް ހާއްސަކުރަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާއިރު، ޚިދުމަތް ފޯރުކޮށްދޭނީ ސިއްހީ ކަންކަމާ ބެހޭ ވުޒާރާގައި މިހާރު ވެސް އެމްބިއުލާންސްގެ ޚިދުމަތަށް ހާއްސަކޮށްފައިވާ ޑިޕާޓްމަންޓުން ކަމަށް ނާޒިމް ވިދާޅުވި އެވެ. 

ދެ އާއެ އެމްބިއުލާންސް އެއް އިތުރުކޮށް، އެއާ މޯލްޑިވްސް އާއި ގުޅިގެން މި ޚިދުމަތް، މާޗް އެއްވަނަ ދުވަހުން ފެށިގެން ދިވެހި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ދިވެހި ރައްޔިތުންނަށް ލިބޭ ގޮތަށް، އެއާ މޯލްޑިވްސް އާ ގުޅިގެން، ކުރިއަށް ގެންދިޔުމަށް. މި މަސައްކަތް ކުރިއަށް ގެންދާނީ، އެމްބިއުލާންސް ގެ ޚިދުމަތް ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް ގެ ދަށުން. 

ޢަބްދުالله ނާޒިމް އިބްރާހީމް

ނާޒިމް އިތުރަށް ވިދާޅުވީ ދެ އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށި ނަމަވެސް ޚިދުމަތް ފުޅާވަމުންދާ މިންވަރަކުން ބޯޓުތައް އިތުރުކުރާނެ ކަމަށެވެ. 

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިއްމު މަސައްކަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ