ކިނބިދޫ ބޭއްވި އިސްރަށްވެހިންގެ ހަވީރެއްގެ ތެރެއިން--
ހަބަރު
25 Dec 2023 | 13:51
ކުރީގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އިސްރަށްވެހިންގެ މަރުކަޒަކަށް ހަދަން ނިންމައިފި!

ކުރީގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އިސްރަށްވެހިންނަަށް ޚާއްސަ އިޖުތިމާޢީ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ. 

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި މުހިއްމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޡިމް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިސް ރަށްވެހިން ކަމަށެވެ.

އަދި އެ ފަރާތްތަކަކީ ދައުލަތަށް ގިނަ ދުވަހަކު ޚިދުމަތް ކުރައްވާފައިވާ ބައެއް ކަމަށާ، އެ ފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަންވެސް ނާޒިމް ފާހަގަކުރެއްވި އެވެ. 

އެގޮތުން އެންމެ ފުރަތަމަ ތައްޔާރު ކުރެވޭ އިސް ރަށްވެހިންގެ މަރުކަޒެއްގެ ގޮތުގައި ކުރީގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހިންގެވިތަން، އެތަން އެއީ އެންމެ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ހުޅުވި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓްގެ ލަފާއާއި ނިންމަވާފައި

ޢަބްދުالله ނާޡިމް އިބްރާހީމް

ނާޒިމް ވިދާޅުވީ، އިސްރަށްވެހިންގެ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޔޫތް އާއި، މިނިސްޓްރީ އޮފް ސްޕޯޓްސް އާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކުންވެސް ޢާއިލާ އާއި ބެހޭ މިނިސްޓްރީއާއި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.  

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދްމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ އޯގާތެރި މުޖުތަޢު ސިޔާސަތުގެ ދަށުން ކުރުމަށް ވައުދުވެފައިވާ މުހިންމު ކަމެކެވެ. 

އަދި އެ މަސައްކަތަކީ ސަރުކާރުގެ ހަފްތާ 14 ޗާޓުގައިވެސް ހިމެނިފައިވާ ކަމެކެވެ. 

މިއާއެކު އިސްރަށްވެހީންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ވެސް ހަފްތާ 14 ގައި ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ