ރައްޔިތުގެ މަޖިލިހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ؛ މަޖިލިސް
ހަބަރު
30 Dec 2023 | 12:46
22 ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށްފި

ދިގުލައިފައިވާ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމުގެ މައްސަލައިގައި ކެބިނެޓްގެ ހުރިހާ ވަޒީރުނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ މި ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށް މިއަދު ބޭއްވި ސަރުކާތުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ސަރުކާރުގެ ބާވީސް ވަޒީރުންނަށް އެއްކޮށް ރުހުން އޮތް ކަމަށް ކޮމެޓީއިން ފާސްކުރަން ހުށަހެޅުއްވީ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެއެވެ.

މިއަދުގެ ކޮމެޓީގައި ވަޒީރުންނަށް ރުހުން އޮތްތޯ ނުވަތަ ނެތްތޯ ވަކިވަކިން ވޯޓަށް އެހުމަށް ކޮމެޓީގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވައިފައެވެ. އެހެންނަމަވެސް އެގޮތަށް ވޯޓަށް އެހުމަށް އެއްވެސް މެމްބަރަކު ކޮމެޓީއަށް ހުށަހަޅުއްވައިފައެއް ނުވެއެވެ. 

ދިހަ މެންބަރުން ހާޒިރުވި ކޮމެޓީގައި އެ އިސްލާހަށް ވޯޓަށް އެހުމުން ސަރުކާރަށް ތާއީދު ކުރައްވާ ފަސް މެންބަރުން ވޯޓް ދެއްވީ އެ އިސްލާހު ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށެވެ. އަދި އެގޮތަށް ފާސް ކުރަން ނުފެންނަ ކަމަށް ފެންނަ މެންބަރުން ވޯޓް ދިނުމަށް ކޮމެޓީގެ މުގައްރިރު ހުށަހެޅުއްވުމުން ކޮމެޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ނިންމީ އެއްވެސް ކޮޅަކަށް ވޯޓް ނުދިނުމަށެވެ.

ވުމާއެކު 22 މެންބަރުންނަށް ރުހުން ދޭން ކޮމެޓީއިން ފާސްވެއްޖެ ކަމުގައި ކޮމެޓީގެ މުގައްރިރު ވަނީ އިއުލާންކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.