ވިޔަފާރި
01 Jan 2024 | 12:36
އުރީދޫގެ އާ އަހަރު ހަދިޔާ: 5ޖީ އެކްސްކްލޫސިވް އެޑްއޮން ތަކާއެކު ހާއްސަ އޮފާތަކެއް

އައު އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން އުރީދޫ މޯލްޑިވްސް ގެ ކަސްޓަމަރުންނަށް ހާއްސަ އެތަށް އޮފަރ އެއް ތައާރަފުކޮށްފިއެވެ.

މި އޮފާ ތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އުރީދޫން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާ އަހަރުގެ އޮފާތައް 1 ޖެނުއަރީ 2024ގެ ރޭނގަޑު 12:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އޮފާ ތަކާއި ގުޅޭ އިތުރު މައުލޫމާތު http://ore.do/2024 ލިބެން ހުންނާނެ ކަމަށެވެ. 

އާ އަހަރާއި ދިމާކޮށް އުރީދޫން ތަޢާރަފް ކުރި އޮފާ ތަކަކީ؛

5ޖީ އެކްސްކުލޫސިވް އެޑް-އޮންސް 

އާ އަހަރާއި ދިމާކޮށް ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް އޮން ތަކެއް އުރީދޫއިން ވަނީ ތައާރަފު ކޮށްފައެވެ.

ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް މި އޮފަރތައް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އާއަހަރުގެ ހާއްސަ އޮފަރ ތަކާއެކު އުރީދޫ 5ޖީ ނެޓްވާކުގައި ފަސޭހަކަމާއި ހަލުއިކަން ތަޖުރިބާ ކޮށްލަން އުރީދޫން އެދިފައިވެއެވެ.

އުރީދޫން ބުނީ މިހާރުގެ މިއަގުގައި ހުރި އެޑް-އޮން ތަކުގެ 3 ގުނަ ޑޭޓާ މި އޮފަރ ގައި ލިބޭނެ ކަމަށެވެ.  

• 5ޖީ ޑޭޓާ 600: 54 ޖީބީ ، 30 ދުވަހަށް 600ރ އަށް

• 5ޖީ ޑޭޓާ 750: 120 ޖީބީ ، 30 ދުވަހަށް 750ރ އަށް

• 5ޖީ ޑޭޓާ 1100: 160 ޖީބީ ، 30 ދުވަހަށް 1100ރ އަށް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފަރތައް އުރީދޫން ތައާރަފުކޮށްފައިވެއެވެ. 

ސޯޝަލް އަންލިމިޓަޑް ޕްލޭން: 24 ގަޑިއިރަށް 24 ޖީބީ، 25ރ އަށް. ސޯޝަލް މީޑީއާ އަންލިމިޓަޑް، އަދި އޫރީދޫ ނަންބަރު ތަކަށް ގުޅުން މުޅިން ހިލޭ. ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ވީޗެޓް، ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓަރ، އަދި އިންސްޓަގްރާމް ހިމެނޭ. 

އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ، 6 މަހަށް 2024ރ. މުޅިއަކު 720 ޖީބީ

އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ، 365 ދުވަހަށް 3000ރ.  1 އަހަރަށް 365 ޖީބީ

ސުޕަރނެޓް އޮފަރ

ސުޕަރނެޓަށް އަލަށް ރެޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން، 400ރ އިން މަތީގެ ޕެކޭޖުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް 100ޖީބީ ބޯނަސް ޑޭޓާ. މި ޑޭޓާ 3 މަހަށް ބޭނުންކުރެވޭނެ. މިއީ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑުގެ އަޖުމަ ބަލާލުމަށް ރަނުގެ ފުރުސަތެއް.

5ޖީ އެއަރފައިބަރ

މި އޮފަރގައި އެއަރފައިބަރ އަލަށް ރެޖިސްޓަރކޮށް 999ގެ ޕެކޭޖަށް ވުރެ މަތިން ނަންގަވާ ކަސްޓަމަރުންނަށް ، އެއަރފައިބަރ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު، ލިބޭއިރު މިއީ 5ޖީގެ އެންމެ ހަލުވި ނެޓްވާކާއި ގުޅާލުމަށް ވަރަށް ރަގަޅު އޮފަރ އެއް ކަމަށް އުރީދޫއިން ފާހަގަކުރެ އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.