އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ
ދުނިޔެ
09 Jan 2024 | 14:44
އިޒްރޭލުން އިންޑިޔާއާ އެއްކޮޅުވެ، ލަކްޝަދީޕް ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން، އިންޑިޔާގެ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. 

ލަކްޝަޑްވީޕް އަކީ ހދ. އަތޮޅު މަތިން އިންޑިއާ އާ ދެމެދު އޮންނަ އަތޮޅުތަކެއްގެ މައްޗަށް ހިމެނޭ ރަށްތަކެކެވެ.

އެތަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް އިންޑިޔާއިން ބޮޑުކޮށް ފަށައި، އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު ބަހުގެ ހަމަލާތައް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، އިޒްރޭލާއި އިންޑިއާއާ ދެމެދު އެކުވެރިކަން ބަދަހިކުރުމަށް އިޒްރޭލު ސަރުކާރުން އެކްސްގައި ހަދާފައިވާ ރަސްމީ އެކައުންޓުން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، ލަކްޝަދީޕުގެ ޑިސަލިނޭޝަން ޕްރޮޖެކްޓު މިއަދު ފެށުމަށް އިޒްލޭރު އޮތީ ތައްޔާރަށް ކަމަށެވެ.

ފަލަސްތީނު-އިޒްރޭލު މައްސަލައިގައި އިންޑިއާއިން ސަޕޯޓުކުރާ އިޒްރޭލުން ލަކްޝަދީބު ޕްރޮމޯޓް ކުރުމަށް ކުރި، އެ ޓުވީޓުގައި ލަކްޝަދީޕުގެ ރީތި މޫދާއި ކަނޑު އަޑީގެ މަންޒަރުތައް ކުރިން ނުފެންނަ ފަރާތްތަކަށް ދައްކާލުމަށް ކަމަށް ބުނެ އެ ރަށްތަކުގެ ފޯޓޯތަކެއް ވެސް ވަނީ ހިއްސާ ކޮށްފައެޗެ.

އަދި ލަކްޝަދީޕުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާއިން ބޭނުންކުރާ ހޭޝްޓެގްތައް ވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.

ފަލަސްތީނު-އިސްރާއީން މައްސަލާގައި ހަރުކަށި ޔަހޫދީންނަށް ތާއީދު ކުރާ އިސްރާއީލުން، ލަކްޝަދީބު ޕްރޮމޯޓް ކުރަން ފަށާފައި މިވަނީ، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ބަހުސްތަކެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. 

އަދި އިސްރާއީލުގެ ޔަހޫދީން މި މަސައްކަތް ފަށާފައި މިވަނީ، ފަލަސްތީނު-އިޒްރޭލު މައްސަލައިގައި ރާއްޖެއިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކުރާތީ، އިޒްރޭލު ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން  އަންގާފައިވާ ދަނޑިވަޅެއްގައި ކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
މިތުރު
"ލަނޑަޔާއި ވާނީ ލަނޑަޔާޢެވެ."
09 Jan 2024
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.