ޔުނިޓީއިން މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއް: ފޮޓޯ/ ޔުނިޓީ
ވިޔަފާރި
21 Jan 2024 | 11:57
ޔުނިޓީން ރޯދައަށް ހާއްސަކޮށް ބާއްވާ ނައިޓް މާކެޓްގެ ސްޓޯލް ވިއްކަން ފަށައިފި

ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުގެ "ރަމަޒާން ނައިޓް މާކެޓް 2024" އަންނަ މަހު ބާއްވަން ނިންމައި, މާކެޓްގައި ސްޓޯލް ހުޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. 

ފީނިކްސް ކޯ އާ ގުޅިގެން ޔުނިޓީ ގުޅިގެން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ މަހުގެ އެއް ވަނަ ދުވަހުން ފެށެގެން 15 ވަނަ ދުވަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައެވެ.  އަދި ނައިޓް މާކޭޓް އޮންނާނީ، މާކެޓް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކަމަށް ޔުނިޓީން ބުނެފައިވެއެވެ.

މި ނައިޓް މާކެޓްގައި 180 ސްޓޯލް ބަހެއްޓުމަށް ނިންމާފައިވާއިރު ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކުން 9141432 ގުޅައިގެން މިހާރުވެސް ސްޓޯލް ބުކް ކުރެވޭނެ ކަމަށްވެސް ޔުނިޓީން ބުނެފައިވެއެވެ. އަދި މިހާރުވެސް މާކެޓްގައި ބަހަށްޓަން 100 އަށްވުރެ ގިނަ ސްޓޯލް ވިކިފައިވާ ކަމަށް މައުލޫމާތު ދެއެވެ. 

ޔުނިޓީން އިތުރަށް ބުނީ، ރޯދަ މަހަށް ހާއްސަ ކޮށްގެން ބާއްވާ މި ނައިޓް މާކެޓް އޮންނަ ކޮންމެ ރެޔަކު ކަސްޓަމަރުންނަށް އެކި އިނާމުތައް ލިބިގެންދާނެ ކަމަށާ މިފަހަރު ގޭމް ކުޅޭނެ ހާއްސަ ސަރަހައްދެއް ވެސް އޮންނާނެ ކަމަށެވެ.

އަދި ކާބޯތަކެއްޗަށް ހާއްސަ ސަރަހައްދަކާއި އެޑްވަޓައިޒް ކުރުމުގެ ތަފާތު ފުރުސަތުތައް ވެސް ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.

"ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ވެސް އޮންނާނެ. އެކަން އިއުލާނު ކުރާނީ ނައިޓް މާކެޓް ފަށާ ދުވަހު. ނައިޓް މާކެޓްގެ އެންމެ ފަހު ދުވަހާ ޖެހެންދެން މި ޕްރޮމޯޝަން ކުރިއަށް ދާނެ،" ޔުނިޓީން މައުލޫމާތު ދެއެވެ.

ޔުނިޓީ އިން ބުނާ ގޮތުގައި މި ނައިޓް މާކެޓަށް 80،000 އާއި ލައްކައަކާ ދެމެދުގެ އަދަދަކަށް މީހުން އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ. ޔުނިޓީ އިން މީގެ ކުރިން ވެސް ވަނީ ވަރަށް ކާމިޔާބު ނައިޓް މާކެޓްތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.