އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދެވި ބައްދަލުވުމެއްގެ ތެރެއިން
ހަބަރު
23 Jan 2024 | 14:17
މަޖިލިސް އިންތިހާބު ބާއްވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހެއް ކަމުގައި ވިޔަސް އެދުވަސް ސަރުކާރު ބަންދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އީސީން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވާފައި ވަނީ މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބާއްވަން އިލެކްޝަސް ކޮމިޝަނުން ނިންމާފައިވާ މާރޗުމަހުގެ 17 ވަނަ ދުވަހަކީ އާދީއްތަ ދުވަހަކަށްވުމުން ޤައުމީ ލަފާ ދޭ ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާއި ގުޅިގެން ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށާއި އެ ދުވަސް ބަންދުވާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަކީ މަޖިލިހުން އަލަށް ކުރައްވާކަމެއް ނޫންކަމަށާއި 2018 ވަނަ އހަރުގެ ރިޔާސީ އިންތިހާބުވެސް ބާއްވާފައިވަނީ އާދިއްތަ ދުވަހެއްގައި ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ކަމުގައިވި ނަމަވެސް އިންތިޚާބު ބާއްވާ ދުވަސް ބަންދުކޮށްދޭން އެދުމުން އެކަން އެގޮތަށް ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ މިއަދު ބޭއްވުނު ބައްދަލުވުމުގައި ވަނީ މަޖިލިސް އިންތިޚާބު ބާއްވާ ތާރީހު ރަމަޟާން މަހާ ދިމާވާތީ އިންތިޚާބު ކުރިއަށްދާނެ ވަގުތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ގިނަ މުއައްސަސާތަކުން ވެސް އީސީ އަށް ލަފާ ދެއްވީ ވީހާވެސް ގިނަ ވަގުތު ވޯޓުލުމަށް ދިނުމުގެ ގޮތުންނާއި ރައްޔިތުންނަށް ފަސޭހަވާނެހެން ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު ކަނޑައެޅުއްވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުން ވަނީ އީސީން ކަނޑައަޅާ ވަގުތަށް ބަދަލު ނުގެނައުމަށް ވެސް ލަފާ އަރުއްވާފައެވެ. އަދި ވަގުތަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެ ކޮމިޓީއާ މަޝްވަރާ ކުރުމަށާއި ސަބަބު ސާފުކޮށް އެންގުމަށްވެސް ލަފާދެއްވިއެވެ. އީސީން ވެސް ވަނީ މިހާރު އެ ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚުތަކާއި ވަގުތުތަކަށް ބަދަލު ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ތުއްރަވާސް
ޜަމަޟާންމަހު ކާކު ވޯޓުލާން ދަނީ ބަންދު ދުވަހަކަށް ހެދިޔަސް މާލޭ ރަޖިސްޓަރީ ގިނަބަޔަކު ހުޅުމާލޭގަވެސް އުޅޭ މަހިތުން ނާންނާނެ ވޯޓުލާކަށް
23 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.