ޗައިނާގެ"ޝިއާން ޔޭންގ ހޮންގ 03" ބޯޓު-- ފޮޓޯ/ ޓުވިޓާ
ހަބަރު
23 Jan 2024 | 16:33
ޗައިނާގެ ރިސާޗު ބޯޓެއް ރާއްޖެ އަންނާތީ އިންޑިއާގެ ކަންބޮޑުވުން!

ޗައިނާގެ ރީސާޗު ބޯޓެއް އިންޑިޔާ ކަނޑު ހުރަސްކޮށް، ދިވެހިރާއްޖެއަށް ދަތުރުކުރަމުންދާތީ، އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިޔާގެ މިލިޓަރީގައި މަސައްކަތް ކުރަމުންދާ، މީހަކާއި ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި, ރާއްޖެއަށް ދަތުރު ކުރަމުންދަނީ ޗައިނާގެ "ޝިއާން ޔޭންގ ހޮންގ 03" ނަމަކަމަށް ކިޔާ ރިސާޗް ބޯޓެކެވެ. 

އަދި އެ ބޯޓުގެ މިސްރާބު ހުރީ، ރާއްޖޭގެ ވެރިރަށްް މާލެއަށް ކަމަށާ، އެ ބޯޓުން އިންޑިޔާގެ ކަނޑުގެ ސާވޭއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ބޯޓުގެ ހުރިހާ ހަރަކާތެއް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް އެ އޮފިޝަލް ބުނެފައިވެއެވެ. 

މީގެ އިތުރުން ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި، ޗައިނާގެ އެ ބޯޓަކީ މިލިޓަރީ ބޯޓެއް ނޫނެވެ. އެހެން ނަމަވެސް، އިންޑިޔާއިން ކަންބޮޑުވަނީ، އެ ބޯޓުން ހަދާ ދިރާސާތައް ޗައިނާގެ މިލިޓަރީން ބޭނުންކޮށްފާނެތީއެވެ.  

މީގެ އިތުރުން އިންޑިއާގެ ނޫސްތަކުން ބުނާގޮތުން، މި އުޅަނދުގައި ސަވޭލެންސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތައް ހަރުކުރެވިފައިވެއެވެ. އަދި މި އުޅަނދު ރާއްޖެއާއި ހިސާބަށް ފޯރާނެކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައިކަމަށެވެ.

މީގެ ކުރިންވެސް ޗައިނާގެ މިފަދަ އުޅަނދުތައް އިންޑިޔާ ކަނޑުގައި ހަރަކާތްތެރިވުމާއި އިންޑިޔާއިން ދެކޮޅު ހަދާފައިވެއެވެ. އަދި، އެފަދަ އުޅަނދުތައް އިންޑިޔާއާއި ގާތްގުޅުމެއް އޮންނަ، ސްރީލަންކާގައި ބަނދަރުކުރުންވެސް 2022 ވަނަ އަހަރު ތެރޭގައި އިންޑިޔާގެ ނުފޫޒާއެކު ސްރީލަންކާ އިން މަނާ ކޮށްފައި ވެއެވެ. 

އިންޑިޔާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ އެފަދަ އުޅަނދުތަކަކީ އެ ގައުމަށް ޖާސޫސްކުރުމަށް ބޭނުންކުރަމުންދާކަމަށް އުޅަނދު ތަކެކެވެ. 

ކޮމެންޓް
އިބްރާހިމް
އިންޑިއާ ކަންބޮޑުވަނީ ޗައިނާގެ އެހީގަ ރާއްޖެ ތަރައްޤީވެދާނެތީ. އިންޑިއާގެ އިތުރު ކަންބޮޑުވުމެއް ނޯންނާނެ. ޖެހިގެން އެއޮތީ ނިއުކުލިއަރ ބާރެއް ރާއްޖެއަށްވުރެ މާބިޑަށް ކައިރި ބަނޑުދަށުގަ.
25 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.