ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
28 Jan 2024 | 16:45
ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް: ޝިޔާމް

ރައްޔިތުން ހޮވާފައިވާ ވެރިޔަކު ކެބިނެޓަށް އައްޔަންކޮށްފައިވާ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި އެޕާޓީއާއި އެއްބައިވެފައިވާ ޑިމޮކްރެޓްސްއިން ވަނީ ވަކާލާތު ކޮށްފައެވެ.

މިކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު ކަމާއެކީ ޤައުމީ މަސްލަހަތު އިސްކޮށް މުހިއްމު ކަންކަމުގައި ގޮތްނިންމާ ބާރަކަށް ވާންޖެހޭ ކަމަށެވެ.

އަދި ޑިމޮކްރެސީގެ ރީތި މަގުން ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު އެކުލަވާލާ ވަޒީރުންގެ މަޖިލީހަކީ ރައްޔިތުން ޚިޔާރުކުރެއްވި މެނިފެސްޓޯ ތަންފީޒުކުރައްވަން އެވެރިއެއް އިޚްތިޔާރުކުރެއްވި ބަޔެއް ކަމަށާއި އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުވާ ނިންމެވުމެއް ވާނީ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ދެމަސް ވެގެން ދިޔައިރުވެސް މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުނަށް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ.

މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވަޒީރުނަށް ރުހުން ދިނުން އެޖެންޑާކޮށް މިކަމާއި ގުޅޭގޮތުން ބަހުސްކުރުން ކުރިއަށް ދިޔައިރު މަޖިލީހުގެ ތަޅުން ހަލަބޮލި ވެގެން ދިޔައެވެ. އަދި ތަޅުން ހޫނުވެ، މަޖިލީހުގައި ތިބި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލިސް ތެރޭގައި އިހުތިޖާޖް ކޮށް، މަޖިލީހަށް ވަދެވެން ހުރި ހުރިހާ ދޮރެއް އެތެރެއިން ތަޅުލައި، މަޖިލިސް ފެށުމަށް ހުރަސްތައް ކުރިމަތި ކުރުވާފައެވެ.

ވަޒީރުންނަށް ރުހުން ނުދޭން ނިންމައި، ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ޕީޖީން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އިދިކޮޅުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނެނީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

މި މައްސަލަ އާއި ގުޅިގެން އާންމުން ވެސް މަޖިލީހުގެ ބޭރަށް އެއްވެ އިހުތިޖާޖް ކުރަމުންދާކަން ފާހަގަ ކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.