މަޖިލީހުން ރުހުން ނުދިން ވަޒީރުންނާއި ބަންޑާރަ ނާއިބު--
ހަބަރު
29 Jan 2024 | 14:27
ޑރ. ޝަހީމް، އުޝާމް އަދި ޑރ. ހައިދަރަށް ރުހުން ނުދިން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނާއިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން މަޖިލީހުން ފާސްކޮށްފިއެވެ. 

ރައީސް މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ލަސް ކުރުމަށްފަހު ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން މިއަދު އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ޑރ. ޝަހީމް، އުޝާމް، ޑރ. ހައިދަރު އަދި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވެސް ރުހުން ނުދިނުމަށް ވިޕްލައިން ނެރެފައެވެ. 

އަދި، މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ބަންޑާރަ ނާއިބު އުޝާމް އަށް ރުހުން ދޭން 24 މެންބަރުން ވޯޓުލާފައިވާއިރު، އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓުލާފައިވެއެވެ. 

އުޝާމް އަށްފަހު މިނިސްޓަރު ޝަހީމް އަށް ރުހުން ދިނުމަށް  ވޯޓަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 31 މެންބަރުން ރުހުން ނުދޭން ވޯޓުލާފައި ވެއެވެ. އަދި ރުހުން ދޭން 30 މެންބަރުން ވޯޓުލާފައި ވާއިރު ވަކި ގޮތަކަށް ވޯޓު ނުދޭ 8 މެންބަރުން ތިއްބެވެ. އެހެންކަމުން އެއް ވޯޓާއި އެކު ޝަހީމަށް ރުހުން ދޭން ނުފެންނަކަމަށް ވަނީ ފާސްވެފަ އެވެ. ރުހުން ދޭން ފެންކަމަށް ފާސް ވާން ބޭނުން ވަނީ 31 ވޯޓެވެ.

މީގެ އިތުރުން ޑރ. ހައިދަރަށް ރުހުން ނުދޭން 46 މެންބަރުން ވޯޓު ދީފައި ވާއިރު އޭނާ އަށް ރުހުން ދިނީ 24 މެންބަރުންނެވެ. 

އެހެންކަމުން އެ ތިން ބޭފުޅުންނަށްވެސް ރުހުން ނުދޭން މަޖިލީހުން ފާސްވެފައިވާ ކަމަށް އަސްލަމް ވަނީ އިއުލާން ކުރައްވާފައެވެ. 

ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ވޯޓުން މިނިސްޓަރު ސަޢީދަށް ވަނީ މަޖިލީހުގެ ރުހުން ލިބިފައެވެ. އޭނާއަށް ރުހުންނުދިނުމަށް ވޯޓު ދީފައިވަނީ 31 މެންބަރުންނެވެ.

ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނަށް ރުހުން ނުދޭން މަޖިލީހުން ނިންމާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވަނީ، ރުހުން ނުދޭ ބޭފުޅުން އަލުން ކެބިނެޓަށް ނެގުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަ ކުރައްވާފައެވެ. އަދި، ރުހުން ނުދިން ނަމަވެސް، އެ ބޭފުޅުންނަށް، އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވޭނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.