އާދިއްތަ ދުވަހު މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން--
ހަބަރު
30 Jan 2024 | 14:40
މަޖިލިސް ޗަރުކޭސް ދުނިޔޭގެ ލޯތަކަށް؛ މަލާމާތް ރާއްޖެއަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން، މިހަފްތާގެ އާދިއްތަ އަދި ހޯމަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާތަކުގައި، މަޖިލިސް މެންބަރުންގެ ފަރާތުން ފެނިވަޑައިގެންނެވި އަޚްލާޤީ މިންގަނޑުން ބޭރު ޢަމަލުތައް މުޅި ދުނިޔެއަށް އިޝްތިހާރުވެ، ގިނަބައެއްގެ މަލާމާތް ރާއްޖެއަށް އަމާޒުވެއްޖެ އެވެ. 

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިމިދޔަ ދައުރު ތިން ފަހަރެއްގެ މަތިން ދަންމާލެވުނު އިރުވެސް ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް މަޖިލީހުން ރުހުން ހޯދުމަށް ފޮނުއްވި، މައްސަލަ ކުރިއަށް ނުގެންދެވެއެވެ. 

އަދި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ވަޒީރުންގެ ނަންތައް ދިރާސާކޮށް ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ނިންމައި، ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައި އޮތް އިރުވެސް މައްސަލަ އޮތީ މަޑުޖައްސާލެވިފައެވެ. 

ނަމަވެސް، ދާދިފަހުން މަޖިލީހުގެ ކުރީގެ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސް އާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން މަޖިލީހުގެ ތެރޭގައި އެއްކޮށް މަސައްކަތް ކުރުމަށް ނިންމައި، އެކަން އިއުލާންކޮށްފައި ވަނިކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އަހަން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އާދިއްތަ ދުވަހަށް ތާވަލްކުރެވުނެވެ. 

އެއާއެކު ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ދެ ޕާޓީން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ. 

އަދި އޭގެ ސަބަބުން، ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން އާދިއްތަ ދުވަހު ބޭއްވުނު ޖަލްސާގެ ބަހުސްގެ ތެރެއިންވެސް މަޖިލިސް ހޫނުވެގެން ގޮސްފައިވާއިރު، މަޖިލިސް މެދު ކަނޑާލުމަށްފަހު ދެން ފެށުމާ ދޭތެރޭ އަދި ފެށުމަށް މަސައްކަތް ކުރައްވަމުން ދިޔަ ވަގުތުގައިވެސް މަޖިލީހުގެ ތެރެއިން ފެނިގެންދިޔައީ ވަރަށް ވެސް ދަށު ދަރަޖައިގެ ޢަމަލު ތަކެކެވެ. 

ސަރުކާރުގެ ބައެއް މެންބަރުން ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވަން މަސައްކަތް ކުރެއްވި އިރު، އިދިކޮޅު ބައެއް މެންބަރުން ދިޔައީ އެބޭފުޅުންނަށް ހުރަސް އަޅުއްވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. 

އެގޮތުން، އެކެއް އަނެކެއްގެ ގަޔަށް ބޮލަށް އަރައި، ފައިގައި ހިފައި ވައްޓާލައި، ފައިބޯޅައިން ތަޅައި، ބޮލުގެ އިސްތަށިގަނޑަށް ދަމައި، މަޖިލިސް ތެރޭ ދުންމާރި ފުންމައި، މައިކް ތަކާއި އެހެނިހެން ތަކެއްޗަށް ގެއްލުންދީ އެނޫންވެސް އެފަދަ އެތަކެއް ހުތުރު މަންޒަރު ތަކެއް ދިޔައީ ފެންނަމުންނެވެ. 

އެފަދަ އަޚްލާގީ މިންގަނޑުން ބޭރު މަންޒަރުތައް ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އިސާހިތަކު ވައިގައި ހިފައިގެންގޮސްފައިވާއިރު، އެ ވީޑިއޯ ތަކާއި ފޮޓޯތައް ބޭރުގެ މީޑިއާތަކަށް ވެސްވަނީ ފޯރާފައެވެ. 

އެގޮތުން، ބައިނަލްއަގްވާމީ މީޑިއާ ތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ އަލް ޖަޒީރާ އިންވެސް ވަނީ އެވީޑިއޯ މީސްމީޑިއާގައި ހިއްސާކޮށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އާދިއްތަ ދުވަހު ކަންހިނގައި ދިޔަ ގޮތް މުޅި ދުނިޔެއަށް ދައްކާލާފައެވެ. 

އަލް ޖަޒީރާގެ އެ ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ، އެއީ "ޖޯކަރުންގެ ޝޯވ ނުވަތަ ސާކަސް" އެއްގެ ގޮތަށް ސިފަ ކޮށްފައެވެ.

އަނެއްބަޔަކު އެތަނުގައި ތިބީ ގަމާރުން ކަމަށް ބުނެފައިވާއިރު، އެތަނުގައި ބޮޑެތި "ބޭބީސް" ތަކެއް "ރެސްލިން މެޗް" އެއް ކުރިއަށް ގެންދާ ކަމަށްވެސް ބަޔަކު ބުނެފައިވެއެވެ.

އެފަދަ އެތައް ކޮމެންޓެއް ބޭރުގެ ފަރާތްތަކުން ކޮށްފައިވާއިރު، ވަރަށް ގިނަ ދިވެހިންވެސް ވަނީ އެކަމާއި ލަދު ގަންނަ ކަމަށްބުނެ ނުރުހުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް
ޢެމް
އެމްޑީޕީ މީހުން ވެރިކަމާއިހެދި މޮޔަވެފައި ތިބެވެގެން ވާނުވާ ނޭގެނީ !
30 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.