ކާށިދޫ ދާއިރާގެ މެމްބަރ އަބުދުﷲ ޖާބިރު
ހަބަރު
03 Feb 2024 | 21:19
ޖާބިރަށާއި ޖާބިރުގެ ދަރިފުޅަށް އެމްޑީޕީގެ ޓިކެޓް ލިބިއްޖެ

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ކާށިދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ އަބުދުﷲ ޖާބިރާއި އޭނާގެ ދަރިފުޅު އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އެމްޑީޕީ ޓިކެޓް ކަށަވަރު ކުރައްވައިފިއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގެ ޓިކެޓް ހޯއްދެވުމަށް ޖާބިރު ވާދަކުރައްވާފައި ވަނީ މިހާރުވެސް އޭނާ ތަމްސީލްކުރައްވަމުން ގެންދާވާ ކާށިދޫ ދާއިރާއަށެވެ.

ޖާބިރުގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ވާދަކުރައްވާ އެމްޑީޕީގެ ޓިކެޓް ހޯއްދެވީ މަހިބަދޫ ދާޢިރާ އިންނެވެ. އެދާއިރާއަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 4 ފަރާތަކުން ވާދަކޮށްފައި ވެއެވެ.

މިއަދު ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯއްދެވި މެމްބަރ އަބްދުﷲ ޖާބިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އެންމެ ހައިރާން ކުރުވަނިވި ގޮތަކަށް 19 ވަނަ ރައްޔިތުންގެ މަޖިލހަށް އިންތިހާބުވެ ވަޑައިގެންނެވި މެމްބަރުގެ ގޮތުގައެވެ.

އެފަހަރު މަޖިލިހަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ އާދަޔާ ޚިލާފް މެނިފެސްޓޯއެއް ހުށައަޅުއްވާ އެންމެ އާދަޔާ ޚިލާފް ވަޢުދުތަކެއް ވެ ވަޑައިގެންނެވި މެމްބަރަކީވެސް ޖާބިރެވެ.

މިހާރު ހިނަގމުންދާ 19 ވަނަ މަޖިލިހުގައި ކުރެވޭ ބަހުސްތަކުގައި ޖާބިރު ފާހަގަކުރެވެނީ ބުނަން ބޭނުންވާ އެއްޗެއް ވަރަށް ސާފުކޮށް ސަރުކާރަށް ވިޔަސް އަދި އިދިކޮޅަށް ވިޔަސް ބުނުންވަމުން ގެންދަވާ މެމްބަރެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.