މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް
ހަބަރު
06 Feb 2024 | 09:17
މަޖިލިސް އިންތިހާބު ފަސްކުރަން ހުށަހެޅި ބިލު ކޮމިޓީއަށް ފޮނުވައިފި

ކުރިއަށް އޮތް 20 ވަަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފި އެވެ.

ރާއްޖޭގެ އިންތިހާބުތަކާއި ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ނިންމާފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި، އަންނަ މާޗް މަހުގެ 17 ގައި އިންތިހާބު ބާއްވާށެވެ.

ރައްޔިތުންގެ މަޖިލސް މި ދައުރުގެ ޖަަލްސާތައް ފެށުމާއިއެކު އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި އިސްލާހުގައި އެދިފައިވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް އިތުރުކުރުމަށެވެ.

ގާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާއި ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސްް ނިމި 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގަ ބުނެފައިވެއެވެ. .

ބިލާއިމެދު ވާހަކަ ދެއްކެވި ގިނަ މެމްބަރުން ބިލަށް ތާއިދުކޮށް ވާހަކަ ދެއްކެވި ނަމަވެސް ޕީއެންސީގެ ފަރާތުން ވާހަކަދެއްކެވި މެމްބަރުން ކަނޑައެޅިގެން ބިލަށް ތާއީދުކުރާކަން ހާމަކޮށްފައެއް ނުވެއެވެ.

ބިލް ކޮމެޓީއަށް ފޮނުވަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ހިމެނިލައްވާ މެމްބަރުން ވޯޓްދެއްވާފައި ވަނީ ބިލް ކޮމެޓީއަށް ފޮނުވަން ނުފެންނަ ކަމަށެވެ.

މަޖިލިހުގައި ނެގުނު ވޯޓުގައި ކޮމެޓީއަށް ބިލް ފޮނުވުމަށް 39 މެމްބަރުން ވޯޓްދެއްވިއިރު ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓްދެއްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.