ހެޔިފިހާރައިން ފެށި ޕްރޮމޯޝަން
ވިޔަފާރި
14 Feb 2024 | 19:00
ކުކުޅުކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ހެޔޮ ފިހާރައިން ފަށައިފި

ކުކުޅުކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ހެޔޮ ފިހާރައިން ފަށައިފިއެވެ.

ހެޔޮފިހާރައިގެ މާކެޓިން މެނޭޖަރ އައިޝަތު އާމާލު ވިދާޅުވީ މި ޕްރޮމޯޝަން އަކީ ހެޔޮ ފިހާރައިގެ  3 ވަނަ ފިހާރަ ހުޅުވުމާއި ގުޅިގެން ގިނަ ބަޔަކަށް ފިހާރަ އިސްތިހާރު ކުރުމަށް ބޭއްވޭ ޕްރޮމޯޝަނެއް ކަމަށެވެ.  އަދި މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށްހަމަޖެހިފައި ވަނީ  ފޭސްބުކް ޕޭޖްގައި ކަމަށްވެސް މައުލޫމާތު ދެއްވައެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އިނާމެއް ގޮތުގައި ކުކުޅު ކޭހެއް ލިބިގެން ދާނެއެވެ.

މީގެ ކުރިންވެސް "ޝެއާ އެންޑް ވިން" ގެ ނަމުގައި ޕްރޮމޯޝަނެއް  ހެޔޮ ފިހާރައިން ބާއްވާފައިވާއިރު އެޕްރޮމޯޝަނަށް ވެސް އާންމުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އާމާލް އިތުރަށް ވިދާޅުވީ ފިނިކުރި ކުކުޅާއި، ކުކުޅުގެ ބާވަތްތަކުގެ އިތުރުން ފިނި ކުރި އެހެން ބާވަތްތައް އަގު ހެޔޮކޮން އެ ފިހާރައިން މިހާރު ލިބެން ހުންނާނެއެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ އަބުދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލްކޮށް ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުންމަކީ އެ ފިހާރަގެ އަމާޒެއް ކަމަށެވެ.

ހެޔޮ އިންވެސްޓުމަންޓުގެ ދަށުން ހިންގާ ހެޔޮ ފިހާރަ އަދި ހެޔޮފިހާރަ 2 ކުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު،  ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ،  ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނެއެވެ.

ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބިވަޑައިގަންނަވާނެއެވެ. އަދި ބޯޓު، ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދޭނެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުން ވެސް އޯޑަރު ކޮށްލުމުން މުދާ ޑެލިވަރީ ކޮށްދޭނެއެވެ.

ހެޔޮ ފިހާރައިގެ އެދުމަކީ އެ ފިހާރައިން މި ފެށި ހިލޭ ކުކުޅުކޭހެއް ލިބޭ މި ޕްރޮމޯޝަނުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެންދެއްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު