މުހައްމަދު އަޝްމަލީ-- ފޮޓޯ: އަވަސް
ހަބަރު
21 Feb 2024 | 16:47
ލަންކާގައި އަޝްމަލީ ގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި!

އަވައްޓެރި ސްރީލަންކާގައި އެގައުމުގެ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ލައްވައި ގަދަކަމުން ހަށިވިއްކުވި މައްސަލައިގެ ތުހުމަތުގައި ގާތްގަނޑަކަށް މީގެ ތިން އަހަރުކުރިން ހައްޔަރުކުރި، ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ދޫކޮށްލައިފިއެވެ.

އަޝްމަލީގެ މައްޗަށް ކުރީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ.

ކޮލަމްބޯ ކޯޓުން ކުރި ދައުވާގައި އަޝްމަލީ ދޫކޮށްލީ އެކަށިގެންވާ ހެކި ނެތުމުން ގާނޫނީ ފިޔަވަޅު އެޅެން ނެތް ކަމަށް ބުނެއެވެ. އަޝްމަލީ ހިމެނޭހެން މި މައްސަލައިގައި ހައްޔަރު ކުރި 32 މީހުންގެ ތެރެއިން 17 މީހަކު ވަނީ ދޫކޮށްލާފައެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު ސީނިއަރ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އަޖިތު ރޯހާނާ އޭރު ވިދާޅުވީ ފައިސާދީގެން އަޝްމަލީ އެ ކުއްޖާއާއި އެކު ބަދުއަޚުލާގީ އަމަލު ހިންގާފައިކަމަށް ތުހުމަތުކުރެވޭކަމަށެވެ. 

އަޝްމަލީ ދޫކޮށްލާފައިވާއިރު، މި މައްސަލައިގައި އޮތް މި އައިިޑެންޓިފިކޭޝަން ޕެރޭޑްގައި، އެ އަންހެންކުއްޖާ ވަނީ އަޝްމަލީ އޭނާއާއި އެކު ޖިންސީ ގުޅުން ހިންގިކަމަށް ބުނެފައެވެ. އައިޑެންޓިފިކޭޝަން ޕެރޭޑަކީ ހައްޔަރުކުރެވުނު ފަރާތަކީ ކުށުގެ ވެށީގައި ހުރި ފަރާތެއްކަން ކަށަވަރުކުރުމަށް ކޯޓުން ކުރާ ކަމެކެވެ.

މި މައްސަލައިގައި ކޯޓުގައި އަޝްމަލީ ގެ ވަކީލު ބުނެފައިވަނީ ކޮލަމްބޯގެ މަޝްހޫރު މެރީނޯ ބީޗް ހޮޓެލުން ކޮޓަރިއެއް ހިފައިގެން އަޝްމަލީ ދިޔައީ އޮންލައިންކޮށް މަސާޖަކަށް ބުކިންގ ހައްދައިގެން ކަމަށެވެ. އަދި އެ އަންހެންކުއްޖާއާއި އެކުގައި ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުތައް އަޝްމަލީ ގެ ފަރާތުން ވަނީ ދޮގު ކޮށްފައެވެ.

2021 ވަނަ އަހަރު މި މައްސަލައިގައި ކޯޓަށް އަޝްމަލީ ހާޒިރު ކުރުމުން  އޭނާ 25،000 ރުޕީސްގެ ކަފާލާތެއްގެ ދަށުން ދޫކޮށްލީ  އޭނާގެ ސަބަބުން ހެއްކަށް ނުފޫޒު ފޯރުމުގެ ފުރުސަތު ކުޑަކަމަށް ބުނެއެވެ. އަޝްމަލީ ދޫކޮށްލީ، ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، ފަސް މިލިއަން ޑޮލަރުގެ ދެ ގެރެންޓީއެއް ބެހެއްޓުމަށް އަންގާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި މި ކުޑަ އަންހެންކުއްޖާ ލައްވައި ގަދަކަމުން ހަށިވިއްކުވުމަށްޓަކައި ވެބްސައިޓެއްގައި އިސްތިހާރު ޑިޒައިންކުރި މީހާގެ އިތުރުން ކުއްޖާގެ އަމިއްލަ މަންމަވެސް ހިމެނެއެވެ. 

މައްސަލަ ހިގާފައިވާ ގޮތަށް ބަލާއިރު، މި ކުޑަ އަންހެންކުއްޖާ ލައްވައި ގަދަކަމުން ހަށިވިއްކުވުމަށްޓަކައި ވަނީ ވެބްސައިޓެއްގައި ވަކި އިސްތިހާރެއް ޖަހާފައެވެ. އަދި ތިން މަސް ވަންދެން އެ ކުއްޖާ ލައްވައި ވަނީ އެތައް ބަޔަކަށް ގަދަކަމުން ހަށިވިއްކުވާފައެވެ.

މި އަންހެންކުއްޖާ ލައްވައި ގަދަކަމުން ހަށިވިއްކުމުގެ ކަންތައްތައް ހިންގާފައިވަނީ މައުންޓް ލެވީނިޔާ ސަރަހައްދުގައި ހުރި ފްލެޓެއްގައެވެ. މިއީ ގިނަ އަދަދަކަށް ދިވެހިން އުޅޭ ސަރަހައްދެއްކަންވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.