އެމެރިކާގެ ރައީސް ޖޯ ބައިޑެން-- ފޮޓޯ: އޭޕީ
ހަބަރު
27 Feb 2024 | 16:23
އަންނަ ހަފްތާގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނެ ކަމުގެ އުންމީދު އެބައޮތް: ޖޯ ބައިޑަން

އަންނަ ހަފްތާގެ ތެރޭގައި، ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުމަކަށް އަންނާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑެން ވިދާޅުވީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓާލުމަކާއި ގާތް ވެއްޖެ ކަމަށާއި، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަނގުރާމަ ހުއްޓާލާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި. އެއްބަސްވުމެއް އެކުލަވައިލުން އޮތީ ވަރަށް ގާތްވެފައި. ނަމަވެސް, އަދިވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުގެ އުންމީދަކީ, އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެއްބަސްވުމެއް އެކުލަވައިލާ ސޮއި ކުރުން،" 

ބައިޑެން ވިދާޅުވިއެވެ.

ބައިޑެން މިފަދައިން ވިދާޅުވެފައިވާއިރު، ހަ ހަފްތާ ވަންދެން ހަނގުރާމަ ހުއްޓާލުމަށް އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ. މިސްރާއި ގަތަރާއި އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދާ މި މަޝްވަރާތަކަށް ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުން ދޯހާ ގައި ތިބި ނަމަވެސް ދެ ބައި މީހުން ބައްދަލުކޮށްފައެއް ނުވެއެވެ. މި އެއްބަސްވުމުގެ ތެރެއިން، ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުންވެސް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އެއްބަސްވުމެއް އެކުލަވައިލައި ޢުދުވާންތަކަށް ހުއްޓުމެއް ގެނެސް އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ފެށުމަށް ބާރު އަޅަމުން ދިޔަ ނަމަވެސް ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުން ދަނީ ދެ ފަރާތުގެ ދެމެދުގައި ބަހުގެ ޙަމަލާތައް ބަދަލު ކުރަމުންނެވެ. 

މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، މެދުކެނޑުމެއް ނެތި އަދިވެސް އަނިޔާވެރި ޔަހޫދީން ދަނީ ޣައްޒާގެ ގެތަކަށް ބޮން އަޅާ ސުންނާފަތި ކުރަމުންނެވެ. އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ގަތުލުއާއްމަށް 6 މަސްވުމާއި ގާތްވެފައިވާއިރު، އަނިޔާވެރި އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 30،000 ފަލަސްތީން ރައްޔިތުން ޝަހީދުވެ، 70,000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ