މަޖިލިސް ކައިރި މުޒާހަރާ ކުރަނީ-- ފޮޓޯ: ވޮއިސް
ހަބަރު
28 Feb 2024 | 13:54
މުޒާހަރާ ކުރި ދުވަހު މަޖިލީހުގެ ގޯތި ތެރެއަށް އުކީ ކުކުޅު ބިސް، އެހެން އެއްޗެއް އެއްލާފައެއް ނުވޭ: ސިފައިންނާއި ފުލުހުން

މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާއި ގުޅޭ ޖަލްސާ އާއި ގުޅިގެން މަޖިލީހުގެ ބޭރުގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ގޯތި ތެރެއަށް އުކީ ކުކުޅު ބިސް ކަމަށާއި، އެހެން އެއްޗެއް އުކާފައި ނުވާކަމަށް ސިފައިންނާއި ފުލުހުން މިއަދު ބުނެފި އެވެ.

މިކަން ހާމަކޮށްފައި މިވަނީ، އެ ދުވަހު މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކު މަޖިލީހުގެ ގޭގެ ބޭރު ފާރުމަތިން އަރައި ގޯތި ތެރެއަށް އެއްޗިހި އުކި ކަމަށް ބުނާ މައްސަލަ ބެލުމަށް، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަލަމަތާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި އެވެ. މި ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ޕޮލިސް ކަމިޝަނަރު އަދި ސިފައިންނާއިި ފުލުހުންގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ އެދުވަހު މަޖިލީހުގެ ގޯތި ތެރެއަށް އުކާފައި ހުރީ ކުކުޅު ބިސްކަން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ބެލި ބެލުމުން އެނގުނު ކަމަށެވެ.

އެ ދުވަހު ގާތްގަނޑަކަށް 15:50 ހާއިރު މަޖިލީހުގެ އިދާރާގެ އިރުމަތީ ފަރާތުން ޕާކިން އޭރިއާއަށް، ސިއްކަ ގޯޅީގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތަކުން އެއްޗެއް އެއްލުމުން، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ބެލި ބެލުމުން އެއީ ކުކުޅުބިސްކަން ފާހަގަކުރެވުނު،"

ޣައްސާން ވިދާޅުވިއެވެ.

މިނިސްޓަރ ޣައްސާން ވިދާޅުވީ، އެކަމާއި ގުޅިގެން އެ ސަރަހައްދަށް ސިފައިން އިތުރުކޮށް ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އެ މައުލޫމާތު މަޖިލީހުގެ އަމީން އާއްމަށް ދެއްވި ކަމަށާއި، މަޖިލީހުގެ ގެއާއި ގޯތި ތެރެއަށް ހުއްދަ ނެތި އެއްވެސް ބަަޔަކު އެ ދުވަހު ވަދެފައި ނުވާ ކަމަށެވެ. އަދި މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކަލެއް މެދުވެރިވާ ފަދަ  ހާލަތެއް އެދުވަހު މެދުވެރިނުވާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ އެ މުޒާހަރާގައި ގޭންގް މީހުން ވެސް ބައިވެރިވިކަމަށް ވިދާޅުވެފައެވެ. އަދި ކުކުޅު ބިހުގެ އިތުރުން އެހެން އެއްޗެއް އުކާފައިނުވާ ކަމަށާއި، ބިސް އުކީ ކޮންބައެއްކަން ދެނެގަނެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.