ޕޯސްޓަރ —އުރީދޫ
ވިޔަފާރި
20 Mar 2024 | 08:54
އުރީދޫ ކަސްޓަމަރުންނަށް ހަދިޔާފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު!

އުރީދޫ ކަސްޓަމަރުންނަށް ހަދިޔާފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހުވެސް އެތައް ހަދިޔާ ތަކެއް ވަނީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފައެވެ.

މީގެ ތެރޭގައި އެންމެ ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯއެވެ. މީގެ އިތުރުން ޕީ.އެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ހިމެނޭ އިރު، ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެ ކަމަށް އުރީދޫއިން ބުނެއެވެ. 

ހަދިޔާ ފޮށީގައި ބައިވެރިވުމަށް؛

1) އުރީދޫ ސުޕަރއެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލާށެވެ. މިއާއެކު ހަދިޔާ ފޮށްޓެއް ސްކްރީނުން ފެންނާނެއެވެ.

2) ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން ގެންދާށެވެ. ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެނިގެން ދާނެއެވެ.

އުރީދޫއިން ބުނިގޮތުގައި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭނެއެވެ. އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެނިގެންދާނެ ކަމަށާ ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެއް ކަމަށް ބުނެފައިވެއެވެ. 

އުރީދޫއިން އިތުރަށް ބުނީ، ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެ ކަމަށާ "ކަރާ ޕޮއިންޓްސް" ލިބިގެންދާނެ ކަމަށެވެ. އެހެންކަމަުން، ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަރބޯޑުގެ ކުރި ހޯދުމަށް އެދެމުން އުރީދޫއިން ބުނީ ކޮންމެ ހަފްތާއެއްގައި ލީޑަރބޯޑުގެ އެންމެ ކުރީގައިވާ 3 ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" ލިބިގެންދާނެ ކަމަށެވެ.  

​​​            

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.