އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން-- ފޮޓޯ: އޭބީސީ ނިއުސް
ދުނިޔެ
21 Mar 2024 | 10:56
ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ވަގުތުން ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން އދ އަށް ގަރާރެއް ހުށައަޅައިފި

ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ވަގުތުން ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން އދ އަށް ގަރާރެއް ހުށައަޅައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން މެދުއިރުމަތީގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީ އަރަބިއާ އަށް ވަޑައިގެން ސައުދީގެ އަލްހަދާތު ޗެނަލް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ހުއްޓުވައި، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ ގަރާރެއް އދ ގެ ސަލާމަތާއި ބެހޭ މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ.

އެމެރިކާއިން މި ގަރާރު ހުށައެޅި އިރު، މީގެ ކުރިން ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް އދ އަށް ހުށައެޅުނު ތިން ގަރާރު ވެސް އެގައުމުން ވަނީ ވީޓޯ ކޮށްފައިއެވެ.

މި މައްސަލަ އާއި ގުޅިގެން އެންމެ ފަހުން ހުށައެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރީ، މިއީ ހަނގުރާމަ މެދުކަނޑާލައި ރަހީނުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް އެމެރިކާ، މިސްރު އަދި ގަތަރުން ކުރާ މަސައްކަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެއެވެ.

އެމެރިކާ އިން އާއްމުކޮަށް އދ ގެ މަޖިލިސްތަކުގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ދިފާއުގައި ވަކާލާތުކުރި ނަމަވެސް، ފަހަކަށް އައިސް ޣައްޒާއަށް ދޭ އެހީ އިތުރުކުރުމާއި ހަނގުރާމަ ހުއްޓުވުމަށް ގޮވާލުމާއި ގުޅޭ ގަރާރުތައް ފާސްކުރުމަށް ބާރުއަޅާކަން ފާހަގަކޮށްލަން ޖެހެއެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން މެދުއިރުމަތީގެ ގައުމުތަކަށް ބްލިންކެން ކުރައްވަމުން ގެންދަވާ އޭނާގެ ހަވަނަ ދަތުރުފުޅުގައި އޭނާ ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކޮށް ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ