މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/މަޖިލިސް
ހަބަރު
26 Mar 2024 | 14:51
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލު މަޖިލީހަށް ބަލައިގަނެ، ވަގުތީ ކޮމިޓީއަށް!

ޕާޓީ ބަދަލު ކުރުމުން ގޮނޑީ ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ހުށަހެޅުއްވި ބިލު، މަޖލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރަން 7 މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި-ޑީފެކްޝަން ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ ވޯޓުންނެވެ.

އަދި އެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއެއް ވެސް އެކުލަވައިލަން 29 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. 

އެގޮތުން ވަގުތީ ކޮމިޓީއަށް މެންބަރުން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ވަނީ 7 މެންބަރުންގެ ކޮމިޓީއަށް ނަން ހުށަހަޅުއްވާފައެވެ.

އެގޮތުން ހުށަހެޅުއްވި މެންބަރުންނަކީ؛

1) ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުالله 

2) މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހާރޫން

3) ފުނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝާހިދު 

4) ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް

5) ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީ

6) ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފު

7) ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު 

ޝަފީގު ހުށަހެޅުއްވި ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ތާޢީދު ކުރައްވާފައެވެ.

އެހެން ނަމަވެސް އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުން ހިމެނިވަޑައި ނުގަންނަވާތީ ޑިމޮކްރެޓްސްގެ މެންބަރުންވަނީ ކޮމިޓިގައި ތިއްބެވުމަށް އުޒުރުވެރިވެ ވަޑައިގެންފައެވެ. އަދި ކޮމިޓީގައި ހުރިހާ ޕާޓީގެ މެންބަރުން ހިމެނުއްވުމަށް ހުށަހަޅުއްވާފައެވެ.

ނަމަވެސް ވެރިކަންކުރާ ޕީއެންސީން ވަނީ އެފަދަ ބޮޑު މައްސަލައެއް ނިންމަން ވާނީ ދާއިމީ ކޮމިޓީން ކަމަށް ބުނެ ކޮމިޓީގައި ބައިވެރިވުމަށް އުޒުރުވެރިވެފައެެވެ.

އެހެންކަމުން ޝަފީގު ވަނީ އެހެން ޕާޓީ ތަކުގެ މެންބަރުން ނުހިމެނޭހެން ހަމައެކަނި އެމްޑީޕީ މެންބަރުން ހިމެނޭގޮތަށް ކޮމިޓީ އެކުލަވައިލުމަށް ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފާއި، ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބުގެ ބަދަލުގައި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުޢިއްޒު ހިމެނުމަށް ހުށަހަޅުއްވާފައެވެ. 

އެކޮމިޓީއަށް ވެސް ޝިފާއު ވަނީ ތާއީދު ކުރައްވާފައެވެ. އަދި އެ ނަންތައް 21 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖީލީހަށް އެ މެމްބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. ބިލު ހުށަހަޅުއްވާފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބުވުމަށް ފަހު ދެން ޕާޓީ ބަދަލުކުރާ ހާލަތެއްގައި އަމަލު ކުރަން ޖެހޭ އުސޫލު ބަޔާން ކުރުމަށް ކަމަށް މެންބަރު އަހުމަދު ވަނީ ވިދާޅުވެފައެވެ.  

އެހެންކަމުން ދައުރުގެ މެދުތެރޭގައި މެމްބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ، އެބޭފުޅެއްގެ ގޮނޑިއާއި މެދު އަމަލު ކުރާނެ ގޮތާއި ގޮނޑި ގެއްލުމުން ދެން ބައި އިލެކްޝަން ބޭއްވުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް ގާނޫނެއް ގެނައުމަށް އަހުމަދު ވަނީ ހުށަހަޅުއްވާފައެވެ.

އެ ބިލުގައި ބުނާގޮތުން ޕާޓީ ބަދަލުކޮށްފިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެމްބަރަކު އިސްތިއުފާ ދޭންވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލް، އަދި ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީގެ ގޮނޑި ހުސްވާނީ ވެސް އިލެކްޝަންސް ކޮމިޝަނުގައި އެކަން ދަފްތަރުވާ ހިސާބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.