ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރޭގެ ޖަލްސާގައި ވާހަކަދައްކަވާނީ- ފޮޓޯ/ ޕީއެންސިީ
ހަބަރު
02 Apr 2024 | 14:42
ކުރީ ސަރުކާރަށް މުޅި ދައުލަތް ދިނުމުންވެސް ބޯހިޔާވަހިކަމަށް ޙައްލެއް ނުގެނެވުނު: ރައީސް މުޢިއްޒު

ނިމިދިޔަ ސަރުކާރުގައި ވެރިކަންކުރި މައި ޕާޓީ، އަދި މިހާރުގެ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް މުޅި ދައުލަތް ލިބިފައި އޮތް އިރުވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެއްވީ ދައުރު ނިމެން ވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޕީއެންސީގެ ފަރާތުން މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދުގެ ކެމްޕެެއިން ޖަލްސާގައި ވާޙަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ މޭޔަރ ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނެވިއިރު، މާލޭ ރައްޔިތުންނަށް ކުރިމަތިވެފައުވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވުމަށް އެމްޑީޕީ ސަރުކާރުގައި ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެ ސަރުކާރުން އެއްވެސް އެއްބާރުލެއްވުމެއް ނުދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މަޖިލީހުގެ މެޖޯރިޓީ އޮވެ ފަސް އަހަރު ދުއްވާލައި، ސަރުކާރު އޮވެ، އަދި ދެންހުރި ހުރިހާ ބާރެއްވެސް، އެބޭފުޅުހުން މަޖިލީހުގެ ބޭނުން ކޮށްގެން، މިނިވަން މުވައްސަސާ ތައްވެސް ކޮންޓްރޯލް ކޮށްފައި އޮތީ. ހުރިހާ ބާރެއް އޮތީ. މުޅި ދައުލަތް އޮތީ ހަގީގަތުގައި. ޖުޑިޝަރީއަށްވެސް ނުފޫޒު ފޯރުވަމުންދިޔަ ގޮތް އެންމެނަށްވެސް ފެންނާނެ. ހުކުމް ކުރަމުން ދިޔައީ ބޭނުން ގޮތަކަށް. ރައީސް އޮފީހުގެ ބާރު ބޭނުން ކޮށްގެން ޖުޑިޝަރީއަށް ނުފޫޒް ފޯރުވައިގެން. މުޅި ދައުލަތް ކޮންޓްރޯލް ކޮށްގެން. އެހެން ނަމަވެސް ގެދޮރުގެ މައްސަލަ ހައްލު ނުކޮށް ދައުރެއް ނިމިގެން ދިޔައީ. އެކަމު މިހާރު އަނެއްކާވެސް ތިމަންނަމެންނަށް މެޖޯރިޓީ ދީގެންނޭ މާލެ ރައްޔޮތުންނަށް ގޯތި ލިބޭނީ ބުނީމާ ގަބޫލު ކުރާނެ ބޭފުލުން އަޅުގަނޑު ހިތުން ނުހުންނާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުން ކަމަށްވާތީ ވެރިކަމުގެ މި ފަސް އަހަރަށް ވަޢުދު ވެވަޑައިގަތީ ގޯތިގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާ އަދި އެމައްސަލަ ހައްލުކުރަން ކުރީ ސަރުކާރުތަކާއި ޚިލާފަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.

"މިދިޔަ ސަރުކާރުން އެކަން ކުރިގޮތަށް ނުކޮށް، އަދި ކުރީގައިވެސް އެކަން ކުރިގޮތަށް ނުކޮށް ދައުރު ނިމެން ދެތިން ދުވަހަށް ވީމައެއް ނޫން އަޅުގަނޑު މިކަން ހައްލުކުރަން ބޭނުންވީކީއެއް. ދައުރު ނިމޭއިރު އެންމެންނަށް ހައްލުވެފައި އޮންނަން އަޅުގަނޑު ބޭނުންވާތީ ފުރަތަމަ މަހު ފެއްޓީ. ފުރަތަމަ މަހު އެއޮތީ އިތުރު ބިމެއް ހިއްކަން ފަށާފައި. "

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އެގޮތުން ހުޅުމާލެއިން މިހާރު ހިއްކާ ބިމާއި، ގިރާވަރުފަޅުން ހިއްކާ ބިމާއި، ގުޅިފަޅުން ހިއްކާ ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރުމަށް މިހާރު ގިރާވަރުފަޅާއި ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.