ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ— ފޮޓޯ/ޕީޕީއެމް
ހަބަރު
03 Apr 2024 | 10:37
މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނާތީ، ރައީސް މުޢިއްޒު ރައްދު ދެއްވީ ހެއްކާއެކު އަދަދު ތަކުން!

މިސަރުކާރުން އައިސް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ހުޅުމާލޭ ހިޔާ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ހުރިހާ ވާހަކައަކީވެސް އޭގެ ޒިންމާ އެމަނިކުފާނު ނަންގަވާނެ ވާހަކަ ކަމަށެވެ. އެހެންކަމުން، އެމަނިކުފާނު ދައްކަވާ ހުރިހާ ވާހަކައެއްގެ ތެދުވެރިކަން ސާބިތު ނުކުރެވޭނެ ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.

މިއާއެކު އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރީން، ރިޔާސީ އިންތިޚާބުގެ ކެންޕެއިން ތެރެއިން ރަށް ރަށަށް ވަޑައިގެންނެވިއިރު، އެ ރަށް ރަށުގައި، ކުރީ ސަރުކާރުން ހިންގަމުންދިޔަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް އެ މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ބެލިއިރު، މަޝްރޫއު ހުއްޓިފައި ހުރީ އެ މަސައްކަތް ކުރާ ކުންފުނިތަކަށް ފައިސާ ނުދިނުމުންކަން ފާހަގަވިކަމަށްވެސް ވިދާޅުވިއެވެ. އެކަން ހިސާބުތަކުން ފެންނަން ހުރިކަމަށް ރައީސް ވިދާޅުވިއެވެ. 

އެގޮތުން 9000 މިލިއަން ރުފިޔާ ރައްޔިތުންގެ ކުންފުނިތަކަށް ދޭން ހުރި ކަމަށާ، މަސައްޖަތްތައް ހުއްޓުފައިހުރީ އެ ފައިސާ ނުދޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އައިސް އެ ކުންފުނިތަކަށް ފައިސާ ދީ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެގޮތުން ފެށުނު މަޝްރޫއު ތަކުގެ އަދަދާއި އެކު ތަފްސީލް ދެއްވާފައެވެ. 

އެގޮތުން ރައީސް ވިދާޅުވީ:

* ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ 27 ހުއްޓިފައި ހުރި ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަކާއެކު ޖުމްލަ 74 ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަށާފައިވާ ކަމަށް

* ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ތޮށި ލުމުގެ 30 މަޝްރޫއު ހުއްޓިފައި ހުރި ނަަމަވެސް މި ސަރުކާރުން ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ތޮށި ލުމުގެ 90 މަޝްރޫއު ފަށާފައިވާ ކަމަށް

* އެއަރޕޯޓް ހެދުމުގެ މަޝްރޫއު 7 ރަށުގައި ހުއްޓިފައި އޮތް ނަމަވެސް އެ 7 މަޝްރޫއު މިހާރު ކުރިއަށްދާ ކަމަށް

* މަގު ހެދުމުގެ މަޝްރޫއު 17 ހުއްޓިފައި ހުރި ނަމަވެސް މި މަޝްރޫއުތައް ފަށާ 26 ރަށުގައި މަގު ހެދުމުގެ މަޝްރޫއު މިހާރު ކުރިއަށްދާ ކަމަށް

* ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 87 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 71 މަޝްރޫއު ފަށާ ބައެއް މަޝްރޫއުތައް ވަނީ މިހާރު ނިމިފައިވާ ކަމަށް

* މިސްކިތްތަކުގެ 20 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 42 މިސްކިތުގެ މަޝްރޫއު ހިނގާކަމަށް

* ތައުލީމީ ދާއިރާގެ 90 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 217 މަޝްރޫއު ސަރުކާރުން މިހާރު ހިންގާ ކަމަށް

މި ހިސާބު ދޮގެއް ނުހަދާނެ، ބެއްލެވޭނެ. އަޅުގަނޑު މިރޭ، މިހުރިހާ މައުލޫމާތެއް މިދެނީ، މިކަންކަން، ތަކުރާރުކޮށް ދޮގުހަދައި، ތަކުރާރުކޮށް ރައްޔިތުންނަށް އޮޅުވާލަން އެކުރާ މަސައްކަތަށް ރައްޔިތުން ފައިސަލާ ކުރުމަށްޓަކައި. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް، އަލަށް ގެދޮރުވެރިކަމުގެ ދާއިރާ 11 ރަށެއްގައި މަޝްރޫއު ފަށާފައިވާ ކަމަށެވެ. އަދި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އާއި އެނޫންވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

މިހުރިހާ މަޝްރޫއު ތަކާއި އެކީގައި، 527 މަޝްރޫޢު އެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުގައު މިހާރު އެބަ ހިނގާ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދަނީ ފައިސާ ޗާޕު ނުކޮށް ކަމަށާއި ކުރިއަށް ގެންދާނީ ވެސް އެގޮތަށް ކަމަށެވެ. އެބޭފުޅުންނަށް ހަޖަމް ނުވަންޏާ ނުވާންވީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ޤާއިމުކުރެވިގެންދާނެ ކަމަށާއި އެ ޒޯން ޤާއިމުކުރުމުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނެ ކަމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.