އޭސީސީގެ މެންބަރުން-
ހަބަރު
17 Apr 2024 | 13:03
ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް ދިރާސާއެއް ހަދަނީ!

ކޮރަޕްޝަންގެ ކުށްތަކަށް  އަރައިގަންނަ ސަބަބުތަކާއި އެކަން ހުއްޓުވުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން ( އޭސީސީ ) އިން އެކަމަށް ޙާއްސަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތް ފަށައިފިއެވެ.

އެސީސީން ބުނެފައިވާގޮތުން، މި ދިރާސާގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފްސީލު، ދިރާސާ ކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިއާޔަތްކޮށް ދިރާސީ ހޯދުންތަކުގެ އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމެވެ.

މި ދިރާސާގައި ބަލާނެ ބައެއް ކަންތައްތައް:

- ކޮރަޕްޝަންއަށް އަރައިގަންނަށް ވިސްނާ ސަބަބުތަކާއި އަރައިގަންނަ ގޮތް

- ކޮރަޕްޝަނަށް އަރައިގަންނަން ދައުލަތުގެ މަޤާމުތައް ނުފޫޒު އާއި ބާރުގެ ބޭނުންކުރާގޮތާ އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރި ކުރުވާގޮތްތައް.

- އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރުޙަރަދު ބަރަދު ބަލަހަޓާ ގޮތް

މިއީ ދިވެހިރާއްޖޭގައި މިފަދަ ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާ ކުރެވޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އޭސީސީން ބުނިީ، ކުށްކުރާ ފަރާތްތަކުގެ ސުލޫކާއި ގުޅުންހުރި ކަންކަމާއި، ކޮރަޕްޝަންގެ ކުށަށް އަރައިގަތުމާ ގުހުންހުންނަ ހެވާއި ނުބައި ވަކިކުރުމުގެ ވިސްނުން ހުންނަގޮތްތަށް މި ދިރާސާއިން ދެނެގަނެވޭނެކަމަށެވެ.

މި ދިރާސާގެ ހޯދުންތަކުން، ރާއްޖޭގައި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ވަޒިފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އަކަންކަން ތަންފީޒުކުރުމަށް ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލަންޖެހޭ ގޮއްތަށް ކަނޑައެޅިގެން ދާނެކަމަށް އޭސީސީން ފާހަގަކުރި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
08 Oct 2026
ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
08 Oct 2026
އެލްޖީއޭގެ ޚަރަދު ބަޖެޓަށްވުރެ އިތުރުވިކަމަށް ދައްކާ ސަބަބު ސާފުކޮށްދީފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ދައްކަނީ، އަލަށް އުފެއްދި އަތޮޅު ގޮފިތަކުގެ ޚަރަދުތައް އެ އޮތޯރިޓީގެ ޚަރަދުތަކުގެ ތެރޭގައި ހިމެނުމުން ކަމަށް އެލްޖީއޭ އިން ހާމަކޮށްފިއެވެ.
08 Oct 2026
ވަޤުފްއާ ބެހޭ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 12132، އިޒްޒައްދީން ޢަދުނާން އެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ.
08 Oct 2026
ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް
ވިލިމާލޭގެ ފެނުގެ ނެޓްވޯކް މަރާމާތުކުރުމުގެ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
08 Oct 2026
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.