36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު - ފޮޓޯ: ފުލުހުން
ހަބަރު
30 May 2024 | 10:05
ގޭންގު ކުށްތައް ހުއްޓުވައި، ރިޝްވަތުން ސަލާމަތްވެ ތިބުމަށް އިހްސާން، ފުލުހުންނަށް ގޮވާލައްވައިފި

ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަކީ، ސަރުކާރުން ފުލުހުންގެ ކިބައިން އެދޭ އެންމެ ބޮޑު އެއް އެދުން ކަމަށް ވާއިރު، އެ މަސައްކަތަށް ހުރަސް އެޅުމަށް ހުށަހަޅާ ރިޝްވަތުން ސަލާމަތް ވާން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ރޭ ފުލުހުންނަށް ގޮވާލައްވައިފި އެވެ.

ވަޒީރު އަލީ އިހުސާން މިފަދައިން ގޮވައިލެއްވީ، އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

"ކުށް ކުރުން މަދުކޮށް ކުށަށް އަރައިގަންނަ މީހުންގެ މައްސަލަަތައް އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބު، މިކަން މިގޮތަށް ކުރެއްވުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ދިވެހި ފުލުހުން،".

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

އަދި އެ އަމާޒު ހާސިލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، ތިން މައްސަލައަކަށް އިސްކަން ދީގެން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ފާހަގަކުރެއްވި ތިން ކަމަކީ، ރާއްޖެއިން މަސްތުވާތަކެއްތި އެއްކޮށް ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތާއި، ގޭންގު ކުއްތަށް ހުއްޓުވުމަށް ކުރާ މަސައްކަތާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ކުރަމުންދާ މަސައްކަތެވެ

."މި ކަންކަން ވިޔަ ނުދިނުމަށް ދައުލަތުގެ އެތެރެއިންނާއި ބޭރުން އަދި މި ކަންކަން ކުރުމުގައި ޝާމިލްވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރު ދީ، ބިރު ދެއްކުމާއި ފުރައްސާރަކޮށް ތިޔަ ކުދިންގެ މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރާނެ،"

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

އެހެން ނަމަވެސް އެ ރިޝްވަތަށް ނުހެއްލުމަށް ފުލުހުންނަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި ފުލުހުންނަށް ދެވޭ ތަމްރީނުގެ ބޭނުމަކީވެސް، ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބެ، ކުރާ ހުވަޔާއި އެއްގޮތަށް އަމަލު ކުރުން ކަމަށް ވާއިރު، ހުރަސްތަކުގެ ތެރެއިންވެސް ސަރުކާރުގެ މަގްސަދު ހާސިލް ކުރުމަށް މަސައްކަތް ކުރެއްވުމަށް އިހްސާން އެދިލެއްވިއެވެ.

އިހްސާން ވިދާޅުވީ ފުލުހުންގެ ފަރާތުން އެފަދައިން ކަން ކުރާތަން ފެންނާނެކަމާއި މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.