ސީޕީ އަލީ ޝުޖާއު: ފޮޓޯ/ ޕޮލިސް
ހަބަރު
30 May 2024 | 14:06
ފުލުހުން، ޑިޔުޓީގެ 8 ގަޑިއިރުގެ ބޮޑުބައި މަގުމަތީގައި، ރައްޔިތުންނާއިއެކު ހޭދަކުރަންޖެހޭ: ސީޕީ ޝުޖާޢު

ރަށުތެރެއިން ކަމެއް ހިނގި ކަމުގެ ރިޕޯޓެއް ނެތް ނަމަ ފުލުހުން ގިނަ ފަހަރު ޑިއުޓީ ނިންމާލަނީ ސްޓޭޝަނުގައި ތިބެގެން ކަމަށް ވިދާޅުވެ، އެކަން ބަދަލު ކުރުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ އެދިވަޑައިގެންފިއެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝުޖާޢު ވިދާޅުވީ، ފުލުުހުން އިސްނަގައިގެން މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ ފުލުހުންގެވެސް ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން ޖެހޭކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.

އޭގެ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމެވެ. އެގޮތުން ސީޕީ ވިދާޅުވީ، ރަށްރަށަށް އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ބަނދަރުމަތީގައި ފުލުހަކު ހުރުމަށް އަބަދުވެސް ރައްޔިތުން އެދޭ ކަމަށެވެ.

"ސަބަބަކީ ޔުނިފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް. ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެ ކުރުމަށް މީހުން ޖެހިލުންވުން. ޝައްކު ކުރެވޭ މީހުން، އެ އޮންނަ އުސޫލުގެ ތެރެއިން ބަލައި ފާސްކުރާ ހިސާބުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓިގެން ދާނެ،"

ޕޮލިސް ކޮމިޝަނަރު ޝުޖާއު

ސީޕީ ވިދާޅުވީ އެފަދައިން، ފުލުހުންގެ ސްޓޭޝަނުން ބޭރުގައި ފުލުހުން މަސައްކަތް ކުރާ ނަމަ މީގެ އަހަރުތަކެއް ފަހުން މިކަމުގެ ހެޔޮ ބަދަލު މި ގައުމުން ފެނިގެންދާނެ ކަމަށެވެ. 

ހިތާމައަކީ މިއަދު އަޅުގަނޑުމެން ޑިއުޓީގައި ރަށުތެރެއިން ކަމެއް ހިނގައިގެން ރިޕޯޓު ނުކޮށްފި ނަމަ ގިނަ ފަހަރު ޑިއުޓީ ނިންމާލެވެނީ ސްޓޭޝަނުގެ ތެރޭގައި ތިބެގެން. މިކަން ބަދަލުވާން އެބަޖެހޭ. އަށް ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާ އެކު ހޭދަކުރަން އެބަޖެހޭ،"

ޕޮލިސް ކޮމިޝަނަރު ޝުޖާއު

މީގެ އިތުރުން ސީޕީ ވިދާޅުވީ، މަގުތަކުގައި އަމާންކަން ގާއިމް ކުރެވެން ވެސް އޮތީ އެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމަށާ މަގުތައް ބިޒީވާ ގަޑީގައި އަމިއްލަ އަށް އިސްނަގައިގެން ފުލުހުން މަގުތަކަށް ނުކުންނަން ޖެހޭ ކަމަށެވެ.

"މަގުތަކުގައި އަމަންކަން ޤާއިމް ކުރެވޭނީ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން. ބިޒީ ވާގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން ނިކުންނަން ޖެހޭ. ރައްޔިތުންނާއި ރީތި ބަހުން ވާހަކަ ދައްކަން އެބަޖެހޭ. ހަމަހަމަކަމާއިއެކު ޤާނޫނުތައް ތަންފީޒުކުރަން ޖެހޭ. ކަންކަން ހައްލުކުރުމަށް ބާރުގެ ބޭނުން ކުރުމަކީ އެންމެ ފަހުން ކުރާ ކަމެއްގެ ގޮތުގައި ހަދަންޖެހޭ"

ޕޮލިސް ކޮމިޝަނަރު ޝުޖާއު

މިއާއެކު، ފުލުހުންގެ ހިތްތަކުގައި އިސްލާމީ ރިވެތި ސިފަތައް ހަރުލައްވަން ޖެހޭ ކަން ފާހަގަ ކުރައްވަމުން ޝުޖާއު ވަނީ ޖަމާއަތުގައި ނަމާދުކުރަން މިސްކިތަށް ދިއުމާއި މުޖުތަމައުގައި ހިންގާ ނޭދެވޭ ކަންކަމުން ފުލުހުން އެއްކިބާ ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި އަދި އާންމު ދިރިއުޅުމުގައިވެސް ޢެ ޚިދުމަތަށް އަދި ޤައުމަށް ދެރަވާ ގޮތަށް ޢަމަލުނުބެހެއްޓުމަށް ސީޕީ އިލްތިމާސްކުރެއްވިއެެވެ. 

އެ މޭރުމުން ވާހަކަ ދައްކަވަމުން ސީޕީ ވަނީ ދާދިފަހުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަ މީހާ އަކީ ފުލުހެއްކަން އެނގުނު ހިސާބުން ކުރި ކޮމެންޓުތަކުން ދޭހަވީ ފުލުހުންނަށް ކުރާ އިތުބާރު ކުޑަވެފައިވާ ވަރުކަން ފާހަގަކުރައްވާފައެވެ.

އެހެންވެ، ސީޕީ ވިދާޅުވީ އެފަދަ ކަންކަމުން ފުލުހުން ދުރުވެގެން ނޫނީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ނުހޯދޭނެ ކަަމަށެވެ.

ކޮމެންޓް
miusa
މި ވަރަށްއޮށްޓަރުނެތް ވާހަކއެއް
30 May 2024
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.