ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
05 Jun 2024 | 12:07
ޑްރަގް މައްސަލަ ހައްލުކުރެވޭނެ، މި ސަރުކާރުން މި މައްސަލަ ހައްލުކުރަން ބޭނުން: މިނިސްޓަރ އިހްސާން

ޑްރަގުގެ މައްސަލަ ހައްލުކޮށް، އޭގެ ވިޔަފާރިކުރަން ހިތަށް އަރާ މީހާ، އެކަން ކުރުމުގެ ކުރިން ވިސްނާލާފައި ބިރުގަންނަން ޖެހޭވަރު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އުފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ، އެ ޕްލޭންގައި ކްރައިމް ފޯލަސްޑް ޕޮލިސީގައި އިސްކަމެއްދޭ 10 ކަމެއް ހިމަނުއްވާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ގޭންގުތައްް ހަދައިގެން ރާއްޖޭގެ އަމާންކަން ނަގާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުންކަން އިހްސާން ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އަމާޒެއްނޫން މިއަދު އޮތީ 10 ގޭންގު ކަމަށް ވަންޏާ އޭތި 3 އަށް ބަދަލު ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ 10 ގޭންގުވެސް އެއްކޮށް ދިޔުން މިތަނުން. އަޅުގަނޑުމެންގެ ޓަގެޓަކީ މިކަހަލަ ކްރައިމްގައި ޒީރޯ ޓޯލަރެންސް. ނަން އެކްސެޕްޓެންސް. 

ޢަލީ އިހްސާން

މިއާއެކު އިހްސާން ވިދާޅުވީ ޑްރަގުގެ މައްސަލައަކީ ހައްލު ނުކިރެވޭނެ ކަމެއް ކަމަށް ގިނަ ފަރާތްތަކަށް ހީވާ ކަމަށެވެ. އަދި އެހެން ހީވުމުގެ ސަބަބުންވެސް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރެވޭ ކަމަށާ، އެހެން ނަމަވެސް އެއީ ވާނެ ކަމެއް ކަމަށް ގަބޫލު ކޮށްގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

އިހްސާން ވިދާޅުވިގޮރުގައި މީގެ ކުރީ ސަރުކާރުތަކަށް އެ މައްސަލަ ހައްލު ނުވީ “ޕޮލޮޓިކަލް ވިލް” ނެތުމުން ކަމަށާ، އެހެން ނަމަވެސް، މިސަރުކާރުގެ “ޕޮލިޓިކަލް ވިލް” އޮތް ކަމަށެވެ. 

އިހްސާން އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ޓްރޭޑް ކުރުމުގެ ވިޔަފާރި ފަދައިން ހުއްދަ ކަމެއްގެ ގޮތުގައި ރާއްޖޭގައި ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން “ކަންމަތީ ފިހާރަ ހިންގާ އުސޫލުން” ޑްރަގް ވިޔަފާރި ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މިކަން ހުއްޓެންޖެހޭނެ ރާއްޖޭގައި. ޑްރަގް ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ ތިން ހަތަރުފަހަރު ވިސްނާލާފައި އޭނާ ބިރުގަންނަންޖެހޭނެ ތިމަންނައަކަށް ރާއްޖޭގައި މިކަން ކުރުމަށް ފުރުސަތެއް ނޯންނާނެކަން. އެރިސްކަކީ ވެލިޑް ރިސްކަކަށް ހަދަންޖެހޭނެ ފުލުހުން. 

ޢަލީ އިހްސާން

މިއާއެކު އިހްސާން ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ މީހާއަށް ނުވަތަ އެ ބޭނުން ކުރާ މީހާއަށް މިއަދު މިބރާއްޖޭގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ މާހައުލު ނައްތާލަންޖެހޭ ކަމަށާ. ރާއްޖޭގައި ޑްރަގުގެ މާހައުލަކީ އޮވެގެންވާނެ މާހައުލެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ މި ސަރުކާރުން “ޓްލަރޭޓް” ކުރާ ކަމެއް ނޫން ކަމަށާ، ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެ މައްސަލަ ހައްލު ކުރުމަކީ އަމާޒު ކަމަށްވެސް އިހްސާން ވިދާޅުވުއެވެ. 

ކޮމެންޓް
އާދަނު
ހަތިޔާރާ އެކު ފުލުހުން ނިކުމޭ އޭރަށް ތިކަން ވާނީ
05 Jun 2024
އަހުމަދު
އެއްމެ ފުރަތަމަ ތިޔަ މުއައްސަސާގެ ތެރެއިން ފައްޓަވާ
05 Jun 2024
ސައީދު
ލިއުމުގައިވާ ވިދާޅުވިގޮ** ރަނގަޅު ކޮށްލައްވާ!
05 Jun 2024
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.