ދީން
07 Jun 2024 | 12:56
“ފަލަސްޠީނަކީ އިސްލާމީ ހިދާޔަތާއި ރަސޫލުންނާއި ނަބީންގެ ދަޢުވަތާއި، ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެއް”

ފަލަސްޠީނަކީ އިސްލާމީ ހިދާޔަތާއި ރަސޫލުންނާއި ނަބީންގެ ދަޢުވަތާއި، ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

“ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑު ކަމަށެވެ.

ފަލަސްޠީނަކީ ޝާމްކަރައިގެ ބައެކެވެ. އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެކެވެ. އިސްލާމީ އުންމަތުގެ ޢިއްޒަތާއި ކަރާމަތާ ގުޅިފައިވާ ފަސްގަނޑެކެވެ.

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ވަނީ އިސްލާމީ ތާރީޚްގެ ތެރެއިން ފާހަގަކޮށްލެވޭ ފަލަސްތީނާއި ގުޅުން ހުރި ބައެއް ހާދިސާ ތަކަށް އަލިއަޅުވާލާފައެވެ.

މި އުންމަތުގެ ދެވަނަ ޚަލީފާ أَمِيْرُ الْمُؤْمِنِيْنَ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ އާ، ބައިތުލްމަޤްދިސްގެ ތަޅުދަނޑިތައް ޙަވާލުކުރެއްވުނެވެ. އެއަށް ފަހު، އަލްއަޤްޞާ މިސްކިތް ޠާހިރުކުރައްވައި، ބައިތުލްމަޤްދިސްގައި އިސްލާމީ ނިޒާމު ޤާއިމުކުރެއްވިއެވެ. އަދި އެ ތަނުގައި އުޅެމުން ދިޔަ މަޞީޙީންނަށް އަމާންކަން ދެއްވައި، އެއުރެންނާ އެކު ޞުލްޙައިގެ މުޢާހަދާއެއް ޤާއިމުކުރެއްވިއެވެ. މީގެ އިތުރަށް، ޞަލާޙުއްދީނުލްއައްޔޫބީ، ޞަލީބީންގެ އަތް ދަށުން އަލްމަސްޖިދުލްއަޤްޞާ މިނިވަންކުރައްވައި ބައިތުލްމަޤްދިސް ފަތަޙަކުރެއްވި ވާހަކައަކީ ވެސް އިސްލާމީ އުންމަތުގެ ތާރީޚުގައި ރަން އަކުރުން ފަވައިލެވިފައިވާ ވާހަކައެކެވެ. 

ޚުތުބާ

ޚުތުބާގައި ބުނީ މި ވާހަކަތަކަކީ މިއަދު އިސްލާމީ ޒުވާން ޖީލަށް އެނގޭން ޖެހޭ ނުހަނު ޢިބްރަތްތެރި ވާހަކަތަކެއް ކަމަށާ، މިކަން ޢިބުރަތަކަށްވީ، މުސްލިމުން، ހަނގުރާމައިގެ ޙާލަތުގައި ވެސް ޢަމަލުކުރި ގޮތުން ކަމަށެވެ. އެގޮތުން ޚުތުބާގައި ބުނީ މުސްލިމުން ޢަމަލުކުރީ ރިވެތި އަޚުލާޤުން ކަމަށާ އަނިޔާވެރިވުމެއްނެތި ކަމަށެވެ. އަދި އިސްލާމްދީނުގައި އަނިޔާވެރިވުން ޙަރާމްކުރައްވާފައިވާ ކަމެއް ކަމަށާ އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރާކަމެއް ކަމަށް ކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހަނގުރާމައިގެ އަސީރުންނަށް ވެސް ހެޔޮކޮށް ހިތައި އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށެވެ.

 ހަނގުރާމައިގެ ޙާލަތުގައިވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޤަތުލުކުރުމާއި ގަސްގަހާގެހި ހަލާކުކުރުމާއި، ޖަނާވާރުތަށް މެރުން، އިސްލާމްދީނުގައި ނަހީކުރައްވާފައިވެއެވެ. އަދި އެހެން ދީންތަކުގެ އަޅުކަންކުރާތަންތަން ހަލާކުކުރުމާއި، އެތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޤަތުލުކުރުންވެސް ނަހީކުރައްވާފައެވެ. މިއީ ހަނގުރާމައިގެ ޙާލަތުގައި ވެސް އިސްލާމީ އަޚުލާޤިއްޔާތެވެ. އިސްލާމްދީންވަނީ އިންސާނިއްޔަތުކަން ޙިމާޔަތްކުރި ފަދައިން، ޖަނަވާރުންނާއި، ތިމާވެށި ވެސް ޙިމާޔަތްކޮށްފައެވެ. މިކަންކަމުން ދޭހަވަނީ އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި މަތިވެރިކަމެވެ. އިންސާނިއްޔަތުކަމެވެ.

ޚުތުބާގައި އިތުރަށް ބުނީ، ފަލަސްޠީނާއި ބައިތުލް މަޤްދިސާއި އަލްމަސްޖިދުލް އަޤްޞާގެ ވާހަކަ ދެކެވޭ އިރު، އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެކަމަށެވެ. އަދު އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްޠީނު ވަކިވެގެން ނުދާނެކަން ކަމަށްވެސް ޚުތުބާގައި ބުންޏެވެ. 

މިއާއެކު ޚުތުބާގައި ވަނޫ، އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اللهއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށާ އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް ކަން ފާހަގަކޮށއފައެވެ. އަދި އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ ކަމަށާ، އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.  

ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސްއަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެކެވެ. މި ހުރިހައިޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށެވެ. މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތިއެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައެވެ. މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވައިލަމެވެ. 

ޚުތުބާ

ޚުތުބާގައި ބުނެފައިވާ ގޮތުން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވެއެވެ. އެގޮތުން، ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހޭ ކަމަށާ ފަލަސްޠީނުގެރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ. 

މިހެންކަމުން، މި ކަންކަން ހަނދުމަކޮށް، ޢަޒުމާ އެކު، އުންމަތުގައި ވަރުގަދަ އިޞްލާޙީ މަސައްކަތްތަކެއް ކުރުމަށް ޢަޒުމް ކަނޑައަޅަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްސަކޮށް މިފެށިގެންދަނީ ޙައްޖު މަހުގެ މާތް ދުވަސްތަކުގައި އިސްތިޣުފާރުކުރުމާއި އުންމަތަށް ނަޞްރު ދެއްވުން އެދި ދުޢާކުރުމަށާ، ޢަރަފާތު ދުވަހު، ފަލަސްޠީނަށްޓަކައި ހެޔޮ ދުޢާކުރަން ޚުތުބާގައިވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.