ޢީދު ނަމާދު މައިދާނުގައި ކުރުން:
ހަބަރު
14 Jun 2024 | 10:46
މާލެ ސަރަހައްދުގައި ޢީދު ނަމާދު މައިދާނުގައި ކުރާ ސަރަހައްދު ތަކާއި މިސްކިތްތައް އިއުލާން ކޮށްފި

މާލެ ސަރަހައްދުގައި ޢީދު ނަމާދު މައިދާނުގައި ކުރާ ސަރަހައްދު ތަކާއި މިސްކިތްތައް އިއުލާން ކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރި އިއުލާނުގައިވާ ގޮތުން މާލެ ސަރަހައްދުގައި 28 ތަނެއްގައި އަޟްހާ ޢީދު ނަމާދު ކުރާނެއެވެ. 

މިގޮތުން މިފަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގައި ބޮޑުޖަމާތުގައި ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމާއި ވިލިނގިލީ ބޯޅަދަނޑާއި ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ.

އޭގެ އިތުރުން މާާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:

* މަސްޖިދުއްސުލްތާން މުހަންމަދު ތަކުރުފާން އައުޒަމް (އިސްލާމީ މަރުކަޒު)

* މަސްޖިދު މަލި ސަލްމާން

* މަސްޖިދުލްފުރުގާން

* މަސްޖިދުއްނޫރު

* މަސްޖިދުއް ޝަހީދު އަލީ

* މަސްޖިދުލްސުލްތާން ހަސަން އިއްޒައްދީން (ތައިބާ މިސްކިތް)

* މަސްޖިދުލްސުލްތާން މުހަންމަދު ފަރީދުލް އައްވަލު (ދުބުރި މިސްކިތް)

* މަސްޖިދު ޝަހީދު އަބްދުލްރަޙްމާން (ފަނޑިޔާރު މިސްކިތް)

* މަސްޖިދުލްސުލްތާން މުހަންމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)

* މަސްޖިދު ސަލާހުއްދީން* މަސްޖިދު ޖަލާލުއްދީން

* މަސްޖިދު އިބްރާހިމް 

* މަސްޖިދު އިސްކަންދަރު

* ވަގުތީ މިސްކިތް (ބޮޑުގެ)

* މަސްޖިދުއްސުލްތާން މުހަންމަދު އިމާދުއްދީން (ރަން މިސްކިތް)

* މަސްޖިދުއްޝައިހް މުހަންމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

މީގެ އިތުރުން ހުޅުމާލޭގައި މަސްޖިދު އުސްމާން ބިން އައްފާން، މަސްޖިދު ޙަސަން އާދަމްް އަދި މަސްޖިދު އަމީލް ޖަލީލްގައި އީދު ނަމާދު ކުރާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

1445 ވަނަ އަހަރުގެ އަހަރުގެ ޢަރަފާތު ދުވަހަކީ މިމަހުގެ 15ވާ ހޮނިހިރު ދުވަސްކަމަށާއި، އަޟްޙާ ޢީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ