ޕޯސްޓަރ
ވިޔަފާރި
14 Jun 2024 | 14:32
އުރީދޫގެ ކަސްޓަމަރުންނަށް އަޟްހާ އީދަށް ހާއްސަ އޮފަރ ތަކެއް

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަޟްހާ އީދާއި ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫއިން އިއުލާނުކޮށްފިއެވެ. 

އުރީދޫއިން ބުނީ އީދުގެ އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އެހެންކަމުން، އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިންއޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނޭ ކަމަށެވެ. 

އުރީދޫ ޢީދު އޮފާތައް

ބޯނަސް ޑޭޓާ އޮފާ 

ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައްއެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ގިފްޓް އަ ޕެކް 

އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށޤ އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވޭނެއެވެ. 

އެކްޓިވޭޓް އެންޑް ވިން 

ޕްރީޕެއެޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާއާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ ކަމަށާ ނަސީބުވެރިން ހޮވޭނީ ގުރުއަތުން ކަމަށް އުރީދޫއިން ބުނެއެވެ. 

އުރީދޫގެ ބޮޑު ޗުއްޓީ ޕެކާއެކު މިޗުއްޓީގެ ހުރިހާ ވަގުތެއްގައިވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ކޮށްފައެވެ. 

- 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް،3 ދުވަހުގެ ވެލިޑިޓީއަކާއެކު. 

- 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު.

މި އަޟްހާ އީދަކީވެސް އުރީދޫގެ ކަސްޓަމަރުނަށް ރަގަޅު ފުރުސަތުތަކެއް މިވަނީ އިއުލާނުކުރެވިފައެވެ. މި އޮފަރތަކުގެ އިތުރު މައުލޫމާތު ހީދުމަށް އަދި އެކްޓިވޭޓް ކުރުމަށް އުރީދޫ ސުޕަރއެޕް ބޭނުންކުރަން އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.