އަކްރަމް އަބްދުލް ޣަނީ: ފޮޓޯ/ މިހާރު
ހަބަރު
26 Jun 2024 | 11:19
ޢާރިފްގެ މަރާއެކު އަކްރަމްގެ މެެސެޖެއް: ޖެހިގެން އޮތީ ތިބާކަމަށްވެސް ވެދާނެ، الله ބިރުވެތިވެ ފާފަތަކާ ދުރުވެ ތައުބާވޭ!

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ދިވެހީންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ. 

ހައްޖުގެ އަޅުކަމަށް ފަހު މީގެ ދެތީން ދުވަސް ކުރީން ރާއްޖެ އައި ފަހުން ވަރަށް ބޮޑަށް ހުން ގަދަވެ، ގައިގެ ވަރު ނެތި ހާލު ދެރަވެ ބަކާއަށް އޭޑީކޭ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނިކޮށް، ހޯމަ ދުވަހުގެ ރޭގެ ވަގުތެއް ގައި ހާލު ވަރަށް ދެރަވެ އައިސީޔޫ ގައި ވަނީ ފަރުވާ ދީފައެވެ. އެފަހުން ވެންޓިލޭޓަރަށްވެސް ލާފައި ވާއިރު އިއްޔެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ބަކާ، ވަނީ ނިޔާވި އެވެ.

އެއާއެކު ބަކާއާ އެކުގައި ގިނަ މެޗުތަކެެއް ގައުމީ ޓީމުގައި ކުޅެދިން އަކުރަމް  ވަނީ އިބްރަތުން ފުރިގެންވާ މެސެޖެއް ފޭސްބުކް މެދުވެރިކޮށް ހިއްސާކުރައްވާފައެވެ. 

އަޚުންނޭ ބިރުވެތިވޭ! ވަކިވެގެން އެދިޔައީ އަޅުގަނޑުމެންގެ ގާތް އަޚެކެވެ. ގަދަފަދަ ޙާލުގައި ދުނިޔޭގައި ދިރިއުޅެމުންދިޔަ ހެޔޮލަފާ އަޅެކެވެ. ޖެހިގެން އޮތީ އަޅުގަނޑު ނޫނީ ތިބާގެ ނަންބަރު ކަމައްވެސް ވެދާނެއެވެ. އެއްކައުވަންތަ اللهއަށް ތަޢުބާ ވާށެވެ. ހެޔޮ ޢަމަލު ކުރުން ގިނަކުރާށެވެ. ފާފަ ތަކުން ދުރުވެ ރައްކާތެރި ވާށެވެ. ސުވަރުގެ މިންވަރުކުރެއްވުން އެދި الله އަށް ދުޢާ ކުރާށެވެ.

އަކްރަމް އަބްދުލް ޣަނީ

މިއާއެކު އަކްރަމް ވަނީ މުޙައްމަދު އާރިފް އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކޮށްފައެވެ. ބަކާ ނިޔާވުނާއި ގުޅިގެން މުޅި ރާއްޖެ އަންނަނީ އެކަމާއި ހިތާމަ ފާޅުކުރަމުންނެވެ. 

ބަކާގެ ޖަނާޒާ އޮތީ މިއަދުގެ ފަތިސް ނަމާދަށްފަހު އެވެ. 

ކޮމެންޓް
ވ
ތިބާ ތިދިނީ ހެޔޮލަފާ ކޮއްމެ ރަހުމަތްތެރިއަކުވެސް ދޭނެ މެސެޖެއް ތިބާއަށްވެސް ެއްމެހާ މޫމިނުންނާ މުސްލިމުންނަށްވެސް ހެޔޮރަހުމަތްލައްވާ ހެޔޮގޮއި މިންވަރު ކުރަށްވާށި
26 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ