ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް:ފޮޓޯ/ މަޖިލިސް.
ހަބަރު
30 Jun 2024 | 17:07
މި ސަރުކާރުން އިގްތިޞާދު މެނޭޖުކުރުމަށްޓަކައި ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ނުކުރާނެ: މަމްދޫހު

މި ސަރުކާރުން އިގްތިޞާދު މެނޭޖުކުރުމަށްޓަކައި ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަމްދޫހު  ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލަށް ބަހުސް ކުރައްވަމުން މަމްދޫހު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފަސް އަހަރުގެ ވެރިކަމެއްގެ ތެރޭގައި އުފެއްދި ދަރަނި އެ ސަރުކާރަށް މެނޭޖުކުރާނެ ގޮތް ނޭނގި އޮތް އޮތުން ނިމުމަކަށް ގެނެސް މި ސަރުކާރުން އަންނަނީ އެ ދަރަނި ދައްކާނެ ގޮތް ހޯދަމުން ކަމަށެވެ. 

އަދި މި ސަރުކާރުން ނެގި ދަރަންޏެއް މިހާތަނަށް މި ސަރުކާރަށް ނުދެއްކި ނޯންނާނެކަމަށާ، މި ސަރުކާރުން ދަރަނި ދައްކަމުންދަނީ ފައިސާ ޗާޕް ނުކޮށް ލޯނުވެސް ނުނަގާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. 

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އާސަންދަ ކަނޑަލަކަށް މިސަރުކާރަކުން ނޫޅޭ،، ޓެކްސް ރޭޓް ބޮޑުކުރާކަށް މި ސަރުކާރަކުން ނޫޅޭ، ޓެކްސް ރޭޓާއި ޓެކްސް ބޭސް އެމްޑީޕީއަށް ނޭނގުމަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަ ދައްކަންވީ ސަބަބެއް ނޫން. އެބޭބޭފުޅުންނަށްވެސް މިކަން އޮތްގޮތް ވަރަށް ސާފުކޮށް އެނގި ވަޑައިގެން ތިއްބަވައި އެބޭފުޅުން އެ އޮޅުވާލަނީ މުޅި ގައުމަށް. މުޅި ދިވެހި ރައްޔިތުންނަށް.”

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް

މިއާއެކު މަމްދޫހު ވަނީ އިގްތިޞާދު މެނޭޖުކުރުމަށް ކަންކަން ކުރާއިރު ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް މި ސަރުކާރުން ނާޅާނެކަމަށް ވިދާޅުވެފައެވެ. 

"މި ސަރުކާރުން އިގްތިޞާދު މެނޭޖުކުރުމަށް ކުރަމުންދާ ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ކަންތައްތަކަކުން ދަތިކުރާކަށް އެއްވެސް ކަމެއް، އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް"

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް

މީގެ އިތުރުން މަމްދޫހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހުއްޓިފައި ހުރި ޕްރޮޖެކްޓްތައްވެސް މި ސަރުކާރުން ކިރިއަށް ގެންދާކަމަމާ، މި ސަރުކާރުން ކަންކަން ކުރާނީ ކަން ކުރަން އެނގިގެން އެކަންކަން ރާވާލައިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.