އުރުދުންގެ ރަސްގެފާނު އަބްދުالله އާއި ނޭޓޯގެ ސެކެރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގ
ދުނިޔެ
14 Jul 2024 | 12:49
މެދުއިރުމަތީގައި ހުޅުވާ ނޭޓޯގެ ފުރަތަމަ މައި އިދާރާ އުރުދުންގެ ވެރިރަށް އަމާންގައި

ރަތްކަނޑާއި ގާޒާ އަދި ލެބަނަންގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން، ނޭޓޯއިން މެދުއިރުމަތީ ސަރަޙައްދުގައި އެ ޖަމިއްޔާގެ ފުރަތަމަ އޮފީސް، އުރުދުންގެ ވެރިރަށް އަމާންގައި ޤާއިމުކުރާން އެއްބަސްވެއްޖެއެވެ. 

އުރުދުންގެ ފޮރިން މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އޮފީހުގެ ސަބަބުން ނޭޓޯއާއި އުރުދުން ގާތްވެ، ސިޔާސީ މަޝްވަރާތައް އިތުރުވެ، އަދި ދެފަރާތަށް މުހިންމު ދާއިރާތަކުން ޢަމަލީގޮތުން އެއްބާރުލުން އިތުރުވާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ނޭޓޯއާއި އުރުދުންގެ އިސްވެރިންނާ ދެމެދު ގަވާއިދުން ބައްދަލުވުންތައް ބޭއްވި، ޤައުމީ އަދި ސަރަހައްދީ ކަންކަމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި އޮންނަ ފަހުމު އިތުރުވާނެ،" މި ބަޔާނުގައި ބުނެފައިވެއެވެ.

ނޭޓޯއާއި ޖޯޑަނުން ބުނެފައިވަނީ މި އޮފީހުގެ ސަބަބުން ޕާޓްނަރޝިޕް ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވައި ހިންގުމަށް ފަސޭހަވާނެ ކަމަށެވެ. މީގެ ތެރޭގައި ސްޓްރެޓެޖިކް ދިރާސާ، ސިވިލް އިމަޖެންސީ ޕްލޭނިންގ އަދި ތައްޔާރުވުން، ކްރައިސިސް މެނޭޖްމަންޓް، ޕަބްލިކް ޑިޕްލޮމަސީ، ސައިބަރ ސެކިއުރިޓީ، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ކޮންފަރެންސްތަކާއި، ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ހިމެނެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އޮފީސް ޤާއިމުކުރުމަކީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި އިސްތިޤްރާރު ޤާއިމުކުރުމުގައި ޖޯޑަން އަދާކުރާ މުހިންމު ދައުރާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ބައިނަލްއަޤްވާމީ ނުރައްކާތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ލިބޭ އިޢުތިރާފެއް ކަމަށެވެ.

މި އޮފީސް ހުޅުވުމަކީ ނޭޓޯއާއި ޖޯޑަންގެ ގުޅުން ކުރިއަރައި ދިއުމުގެ ނަތީޖާއެއް ކަމަށާއި، މި ގުޅުން އިތުރަށް ފުޅާވަމުންދާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ޖޯޑަނަކީ ނޭޓޯގެ މެމްބަރެއް ނޫނެވެ. ނަމަވެސް އީރާނުން އިޒްރޭލަށް ދޫކުރި ޑްރޯންތަކާ ދެކޮޅަށް އެމެރިކާ އާއި އެހެނިހެން ޤައުމުތަކަށް އެހީތެރިވި މެދުއިރުމަތީގެ ހަމައެކަނި ޤައުމަކީ ޖޯޑަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ