އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފް ކުރުން: ފޮޓޯ/ އެސްޓީއޯ
ވިޔަފާރި
25 Jul 2024 | 10:53
އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފް ކޮށްފި

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފް ކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ހަފްލާގައި މި އާ އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވެވީ ސިއްހަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާމިނަތް ޝިރުނާ އެވެ.  

އަލަށް ތައާރަފް ކުރެވިފައިވާ އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއަރ ޓެސްޓުތައް ހެދޭނެއެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލު ތަކާއި ހެލްތް ސެންޓަރު ތަކުން ފެށިގެން ކްލިނިކް ތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެކެވެ. އަލަށް ތައާރަފް ކުރެވުނު އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ. 

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތައާރަފް ކުރުން: ފޮޓޯ/ އެސްޓީއޯ<br>

މިނިސްޓްރީ އޮފް ހެލްތް، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ހާޒިރުވި މި ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި އަދި ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. 

އަލަށް ތައާރަފް ކުރެވުނު ލެބް އިކުއިޕްމެންޓްތައް:

ޕްރޮޑަކްޓްގެ ނަން: އެފް-200 އަދި އެފް-2400

ހެދޭ ބައެއް ޓެސްޓްތައް:

ތައިރޮއިޑް ޕްރޮފައިލް

ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް

ޑެންގޫ

ގޮހޮރުގެ ބަލިތައް

ވިޓަމިން ޑީ

ބީޓާ އެޗްޗީޖީ

އިންފްލެމޭޝަން މާކާސް

ޕްރޮޑަކްޓްގެ ނަން: އެމް 10 މެޝިން

ހެދޭ ބައެއް ޓެސްޓްތައް:

ޑެންގޫ

ޓީބީ

ފުއްޕާމޭގެ ބަލިތައް

އެސް.ޓީ.އައި

އެޗް.ޕީ.ވީ

އެސް.ޑީ ބަޔޯސެންސަރ އަކީ ސައުތް ކޮރެއާ އަށް ނިސްބަތްވާ ކުންފުންޔެކެވެ. މި ކުންފުންޔަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޔެކެވެ. މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ