މޯލްޑިވިއަން އިން އެއަރބަސް އޭ330-200 މަތިންދާބޯޓެއް ހޯދުމަށް ޓްރޫނޯޑްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: ފޮޓޯ/ މޯލްޑިވިއަން
ވިޔަފާރި
26 Jul 2024 | 20:24
ދުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަންއަށް އެއާ ބަސް އެއް ގެންނަން ސޮއިކޮށްފި


ޤައުމީ އެއަރލައިންއަށް ވައިޑް-ބޮޑީ އޮޕަރޭޝަންސް ތަޢާރަފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދާ އެއްގޮތަށް، މޯލްޑިވިއަން އިން އެއަރބަސް އޭ330-200 މަތިންދާބޯޓެއް ހޯދުމަށް ޓްރޫނޯޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސެވެ. އަދި ޓްރޫނޯޑްގެ ފަރާތުން ސޮއިކރެއްވީ އެ ކުންފުނީގެ ސީސީއޯ ކާރްސްޓް ލިންޑާބޫމްއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް މިނިސްޓަރ މުޙައްމަދު އަމީން އަދި ދެ ކުންފުނީގެ މުހިންމު ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވިއަނުން ބުނީ، އެ ކުންފުނީގެ އުދުހުންތަކަށް އޭ330-200 ތަޢާރަފުކުރުމުން އެއަރލައިންގެ އޮޕަރޭޝަނަލް ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެ، އައު މަންޒިލުތަކަށް އުދުހުމުގެ ފުރުޞަތު ލިބި، ފަސިންޖަރުންނަށް އިތުރަށް ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

އަދި މި ބޯޓުގެ ސަބަބުން މޯލްޑިވިއަންއަށް އިތުރުވަމުންދާ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދެވޭނެ ކަމަށާ ދަތުރުވެރިން ބޭނުންވާ ގޮތަށް، ދަތުރުތަކުގެ އޮޕްޝަންތައް ހުށަހެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވިއަން އިން އެއަރބަސް އޭ330-200 މަތިންދާބޯޓެއް ހޯދުމަށް ޓްރޫނޯޑްއާއެކު އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގައި އިލްޔާސް ވާހަކަ ދައްކަވަނީ: ފޮޓޯ/ މޯލްޑިވިއަން

އެއްބަސްވުމުގައި ސޮއި ކުރެވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިލްޔާސް ވިދާޅުވީ އެ އެއާ ބަސްގައި ތިން ކްލާހެއް ހިމެނޭ ކަމަށެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަކް އެކޮނަމީއަށް 36 ގޮޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮޑިއާއެކު ޖުމްލަ 264 ގޮނޑި އެވެ.

"ޓްރޫނޯޑްއާއެކު ވެވުނު މި އެއްބަސްވުމަކީ މޯލްޑިވިއަންގެ ކުރިއެރުމާއި އައު ގޮތްތައް ހޯދުމަށް ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެއް،… އަދި އޭ330 މަތިންދާބޯޓަކީ އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ވިއުގަ ފުޅާކުރުމަށާއި، މި ސަރަޙައްދުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ އައު ފުރުޞަތުތައް އުފެއްދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް." މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވިއެވެ.

އިލްޔަާސް ވިދާޅުވިގޮތުގައި، މި މަތިންދާބޯޓުން އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށެވެ. 

ޓްރޫނޯޑަކީ ދުނިޔޭގެ ފެންވަރުގައި މަތިންދާބޯޓު ކުއްޔަށްދިނުމުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން އިސް ކުންފުންޏެކެވެ. މި ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއަރލައިންތަކަށް އެ ކުންފުނިތަކުގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ބޯޓް ކުއްޔަށްދިނުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. ކަސްޓަމަރުން ހިތްހަމަޖެހުމާއި ހިންގުމުގެ ފެންވަރު މަތިކުރުމަށް އަހައްމިއްޔަތުކަން ދީގެން، ޓްރޫނޯޑުން އެ ކުންފުނީގެ އެއަރލައިން ޕާޓްނަރުންގެ ކުރިއެރުމާއި ކާމިޔާބީއަށް އެހީތެރިވެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ