ވަޒީރު ޠާރިޤު އިބްރާޙީމް: ފޮޓޯ/ މަޖިލިސް
ހަބަރު
30 Jul 2024 | 09:54
ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޢުދެއް ވެވަޑައިގެންފައިވާ ނަމަ އެ ވަޢުދެއް ފުއްދަވާނެ: ވަޒީރު ޠާރިޤު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރަށަކަށް ވަޢުދެއް ވެވަޑައިގެންފައިވާ ނަމަ، އެ ވަޢުދެއް ފުއްދަވާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން މައުރޫފް ޒާކިރު ވަނީ، ބ. ކުޑަރިކިލު އަދި ބ. ކިހާދޫގެ އިންޖީނުގެ ނެޓްވޯކް ބަދަލުކޮށް އާ އިންޖީނުގެ އަޅައިދިނުމާއި، އަދި ކުޑަރިކިލު ގައި 400 ވޮޓް ގެ ޖަނަރޭޓަރެއް ބަހައްޓައިދިނުމަކީ ރައީސް މުޢިއްޒުގެ ވަޢުދެއްކަން ފާހަގަކުރައްވައި، މައުރޫފް ވަނީ އެ މަސައްކަތް ނިމޭނެ އިރަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޠާރިގު ވިދާޅުވީ، އެއީ ރައީސްގެ ވައުދުފުޅެއް ނަމަ، އެ ވައުދު ފުއްދަވާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަޢުދެއް ވެވަޑައިގެންފައި އޮތިއްޔާ އެ ވަޢުދެއް އެ ރަށަކަށް ފުއްދަވައި ދެއްވާނެ

ވަޒީރު ޠާރިގު

މީގެ އިތުރުންވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ތޯރިގް ވަނީ، ރަށްރަށުގެ ކަރަންޓަށް މައްސަލަތައް ދިމާވަނީ ރަނގަޅަށް އެ ކަން ނުކުރެވި ހުރުމުން ކަމަށާއި ފެނަކައިން އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަަ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން، އެ ރަށްތަކުގެ ކޮންޓްރެކްޓު ބަދަލުކޮށްގެން ނުވަތަ ކުރީގެ ކޮންޓްރެކްޓަރާ ގުޅިގެން ވިޔަސް އެ މަޝްރޫއުތައް އަވަސް ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.